Advertisement
ކ. މާލެ
|
27 ޑިސެންބަރ 2019 | ހުކުރު 14:49
ބްރިޖްގައި ސީސީޓީވީ ކެމެރާ ހަރުކުރުން
ބްރިޖްގައި ސީސީޓީވީ ކެމެރާ ހަރުކުރުން
ޕޮލިސް
ސިނަމާލެ ބްރިޖް
ސިނަމާލޭ ބްރިޖް އަދި ހައިވޭގައި ކެމެރާ ހަރުކޮށްފި
ފައިބަރ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް ވަނީ އޭޕްރީލް މަހުގައި އިއުލާން ކޮށްފައި
ސްޕީޑް ޑިޓެކްޝަން ކެމެރާތައް ވެސް ވަރަށް އަވަހަށް އިންސްޓޯލް ކުރާނެ
މީގެ ސަބަބުން ޓްރެފިކް ވައިލޭޓްވާފަރާތްތައް ފަސޭހައިން ދެނެގަނެވޭނެ

ސިނަމާލޭ ބްރިޖް އަދި ހައިވޭގައި ސީސީޓީވީ ކެމެރާ ހަރުކޮށްފިއެވެ.

ހުކުރު ދުވަހުގެ މެންދުރެ ފަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ސީސީޓީވީ ކެމެރާތައް ސިނަމާލެ ބްރިޖް އަދި ހައިވޭގައި ހަރުކުރެވިފައިވާކަމަށާއި މިހާރު ކެމެރާތައް ބޭނުންކުރަމުންދާކަމަށެވެ.

Advertisement

ހަމީދު އިތުރަށް ވިދާޅުވީ، ސިނަމާލެ ބްރިޖްގައި ސްޕީޑް ޑިޓެކްޝަން ކެމެރާތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި މީގެ ސަބަބުން ސައިކަލުގެ ނަމްބަރު ޕްލޭޓް ދެނެގަނެވޭނަކަމަށެވެ. ކޮމިޝަނަރުގެ ޓުވީޓުގައި ވަނީ އެ މަސައްކަތް ކުރި ފުލުހުންގެ ޓީމަށް ޝުކުރުއަދާކުރައްވާފައެވެ.

ސިނަމާލެ ބްރިޖު އަދި ހައިވޭގައި ހަރުކުރާ ކެމެރާތައް އޮޕަރޭޓް ކުރުމަށް ބޭނުންވާ ފައިބަރ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދަން ފުލުހުންއިއުލާންކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގައެވެ.

މާލެ އާއި ހުޅުލެ ގުޅުވައިދޭ ބްރިޖާއި ހައިވޭގައި ސްޕީޑް ކެމެރާ ހަރުކުރުމަށް މީގެ ކުރިން ވެސް ވަނީ ނިންމާފައެވެ. އަދި ބުރިޖާއި ހައިވޭގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު މީގެ ކުރިން ވަނީ ބުރިޖާއި ހައިވޭގައި ހަރުކުރުމަށް ބޭނުންވާ 77 ސަވެޔަލެންސް ކެމަރާ ހޯދަން ވެސް އިއުލާން ކޮށްފަ އެވެ.

ކެމެރާ ހަރުކުރުމުގެ ސަބަބުން ބްރިޖާއި ހައިވޭގައި އެކްސިޑެންޓްއެއް ހިނގައިފިނަމަ ރެކޯޑު ކުރެވިފައިވާ ކެމެރާ ފުޓޭޖުން އެކްސިޑެންޓް ހިނގައި ދިޔަ ގޮތް ބަލާ ތަހުގީގު ކުރުމަށް ފުލުހުންނަށް ފަސޭހަތަކެއް ވެގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް