Advertisement
ކ. މާލެ
|
27 ޑިސެންބަރ 2019 | ހުކުރު 12:59
މާލެ ސިޓީ
މާލެ ސިޓީ
އެޑިޝަން.އެމްވީ
މާލެ ސިޓީ
މާލެ ސިޓީ ގެދޮރުގެ ކުލި ކޮންޓްރޯލް ކުރުމަށް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަނީ!
މިޕެޓިޝަންގައި ސޮއިކުރުން ކުރިއަށްދާނީ ކާނިވާ ސަރަހައްދުގައި
ސޮއިކުރުން ކުރިއަށްދާނީ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް
މަޝްވަރާކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލާފައި

މާލެ ސިޓީ ގެދޮރުގެ ކުލި ކޮންޓްރޯލް ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިޕެޓިޝަން ހުށަހަޅަން ނިންމީ މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ޖަމިއްޔާއިންނެވެ. މިޖަމިއްޔާއަކީ ކުއްޔަށް ދިރިއުޅެމުން އަންނަ މީހުންނަށް ދިމާވާ އުނދަގޫތަކާއި، އެމީހުންގެ ހައްގުތަކުގައި ވަކާލާތުކޮށް ކުއްޔަށް ދިރިއުޅޭ މީހުންގެ އަޑަށް ރަސްމީ ސިފައެއް ގެނެސްދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ.

15 އޮކްޓޫބަރު 2019 ގައި އުފެއްވި އެމްޓީޔޫއިން ބުނީ މާލެ ސިޓީގެ ގެދޮރުގެ ކުލި ކޮންޓްރޯލްކުރަންޖެހޭ ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދަދޭންޖެހޭ ކަމަށެވެ. އެމްޓީޔޫއިން ބުނީ ގެދޮރުތަކުގެ ކުލި ކޮންޓްރޯލްކުރުމަށް ޕެޓިޝަންގައި ސޮއިކޮށް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

Advertisement

އެގޮތުން ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ކާނިވާ ސަރަހައްދުގައި މިޕެޓިޝަންގައި ސޮއިކުރުން އޮންނާނެ ކަމަށެވެ. ޕެޓިޝަނުގައި ސޮއިކުރަން ނުވަތަ ކުލި ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް އެމްޓީޔޫއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން އެމްޓީޔޫއިން ބުނީ މާލޭގެ ކުލި ކޮންޓްރޯލް ކުރުމަށް ބާރުއަޅާ ކެމްޕެއިނެއްވެސް ކުރިއަށް ގެންދާނެ ކަމަށާއި، މިކެމްޕޭނަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މާލެ ސިޓީގައި ދުވަހެއް ދުވަހަކަށް ކުލި މައްޗަށް ދިއުމަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުމުކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް