Advertisement
ކ. މާލެ
|
27 ޑިސެންބަރ 2019 | ހުކުރު 12:57
ގދ. ތިނަދޫގައި މަތިން ނަގާފައިވާ މަންޒަރެއް
ގދ. ތިނަދޫގައި މަތިން ނަގާފައިވާ މަންޒަރެއް
ޓްވިޓަރ/ދޮންކޮޅު
ގދ. ތިނަދޫ
ތިނަދޫ ސިޓީއަކަށް ބަދަލުނުވެގެން އުޅެނީ ފްލެޓް ހޯދަން ރަޖިސްޓްރީ ބަދަލުކުރާތީ: ކައުންސިލް
ރަޖިސްޓްރީވެފައި 7900 އެއްހާ މީހުން ތިބޭ
މިހާރުވެސް 12000 އަށް ވުރެ ގިނަ މީހުން ތިނަދޫގައި ދިރިއުޅޭ
ސިޓީގެ ދަރަޖަ ލިބެނީ 10000 މީހުން ހަމަވުމުން

ހުވަދު އަތޮޅުގެ އެންމެ ތަރައްގީވެފައިވާ ރަށްކަމުގައިވާ، ގދ. ތިނަދޫ ސިޓީއަކަށް ބަދަލުނުކުރެވިގެން އުޅެނީ ރައްޔިތުން ފްލެޓް ހޯދުމަށް ދަފްތަރުގައި ރަޖިސްޓްރީ ބަދަލުކުރާތީކަމަށް އެ ރަށުގެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ މެމްބަރު، އިބްރާހިމް އަސްއަދު ވިދާޅުވީ އަތޮޅުގެ އެންމެ ކުރިއަރާފައިވާ ރަށް ސިޓީއަކަށް ބަދަލުވެގެން އައުމަކީ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދުކަމަށާއި އެކަމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އެގޮތުން އަސްއަދު ވިދާޅުވީ، ރަޖިސްޓްރީގައި 7900 އާއި ގާތްކުރާ އަދަދެއް ތިނަދޫގައި ތިބި ނަމަވެސް، މިހާރުވެސް 12000 އަށް ވުރެ ގިނަ ފަރާތްތަށް ތިނަދޫގައި ދިރިއުޅެމުންދާކަމަށެވެ.

Advertisement

އަސްއަދު ވިދާޅުވީ، ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ފްލެޓަށް އިއުލާންކުރާއިރު ފްލެޓް މާލެއިން ހޯދުމުގެ ބޭނުމުގައި ރައްޔިތުން ދަފްތަރުގައި ރަޖިސްޓްރީކުރުންކަމަށާއި ފްލެޓްގެ ބޭނުމުގައި މިހާރުވެސް މަހެއްގެ މައްޗަށް 4 ނުވަތަ 5 ވަރަކަށް މީހުން ދަފްތަރަށް ރަޖިސްޓްރީ ބަދަލުކުރަމުން އަންނަކަމަށެވެ. އިތުރަށް ވާހަކަދައްކަވަމުން އަސްއަދު ވިދާޅުވީ، ގާނޫނީ ގޮތުން ސިޓީއަކަށް ތިނަދޫ ބަދަލު ނުވެ އޮތް ހަމައެކަނި ސަބަބަކީ ރަޖިސްޓްރީވެފައި 10،000 މީހުން ނެތުމުން ކަމަށާއި އެނޫން ހުރިހާ ޝަރުތެއް، ފެނާއި، ނަރުދަމާއާއި، ކަރަންޓު ފޯރުކޮށްދެމުންދާކަމަށެވެ،

އަތޮޅުގެ ވެރިކަން ކުރާ ރަށުގައި ހުރި ދަތިތައް ރާއްޖެއެމްވީއާއި ހިއްސާކޮށް، ކައުންސިލްގެ މެމްބަރު ވަނީ ތިނަދޫއަށް ތާރު އެޅިފަހުން ގެތަށް ފެންބޮޑުވުމުގެ މައްސަލައާއި ސްކޫލްތަކުގައި ޖާގަ ހުރި ކަމުގެ ދަތިކަން ފާހަގަކުރައްވާފައެވެ. އަސްއަދު ވިދާޅުވީ، މިކަންތައް ހައްލުކުރުމަށް ސަރުކާރަށް އެތަށް ފަހަރެއްގެ މަތީން ބައްދަލުކޮށް އެދިފައިވާނެކަމަށާއި ސިއްހީ ދާއިރާއަށް ބަަލާލިކަމުގައި ވިޔަސް ރީޖިނަލް ހޮސްޕިޓަލުން ބޮޑު އާބާދީއަށް އެކަށީގެންވާ ހިދުމަތްތަކެއް ނުދެވޭކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް