Advertisement
ކ. މާލެ
|
26 ޑިސެންބަރ 2019 | ބުރާސްފަތި 17:17
އިލެކްޝަންސް ކޮމިޝަންގެ ބައެއް މެންބަރުން
އިލެކްޝަންސް ކޮމިޝަންގެ ބައެއް މެންބަރުން
އިލެކްޝަންސް ކޮމިޝަން
ލޯކަލް ކައުންސިލް އިންތިހާބު
ސިޓީތަކުގެ އިންތިޚާބީ ދާއިރާ ތަކުގެ ނަންތަކާއި ގުޅޭ ގޮތުން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އެއްވެސް ޚިޔާލެއް އޮތް ނަމަ މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އީސީން ވަނީ އެދިފައި
ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރުކުރުމަށް ވަނީ އިސްލާހު ގެނެސްފައި
ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީތަކުގެ އިންތިޚާބީ ދާއިރާތަކަށް ދެވިފައިވާ ނަންތަކާއި ގުޅޭ ގޮތުން ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާ ލައިފިއެވެ.

ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޓްވީޓުގައި ވަނީ ސިޓީތަކުގެ އިންތިޚާބީ ދާއިރާތަކަށް ދެވިފައިވާ ނަންތަކާއި ގުޅޭ ގޮތުން އެއްވެސް ޚިޔާލެއް އޮތް ނަމަ މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށެވެ.

Advertisement

އެ ކޮމިޝަނަށް ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ނުވަތަ އީސީގެ ޓުވިޓަރ އަދި ފޭސްބުކް މެދުވެރިކޮށް ޚިޔާލު ހުށަހެޅޭނެ ކަމަށް އީސީން ބުންޏެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ސިޓީތަކުގެ އިންތިޚާބީ ދާއިރާތަކަށް ދެވިފައިވާ ނަންތަކަކީ:

އަންނަ އަހަރުގެ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަކީ މިފަހުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އައު އިޞްލާޙުތަކަށް ފަހު ބޭއްވޭ ފުރަތަމަ އިންތިޚާބެވެ.

މި ޤާނޫނަށް ގެނައި މައިގަނޑު އިޞްލާޙުތަކުގެ ތެރޭގައި ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރުކުރުމާއި، ހުރިހާ ކައުންސިލްތަކަކުން 33 އިންސައްތަ އަންހެނުންނަށް ޚާއްޞަ ކުރުމުގެ އިތުރުން، ކައުންސިލްތަކަށް އަމިއްލަ ނަމުގައި ވިޔަފާރިކުރުމުގެ ބާރުތައް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް