Advertisement
ކ. މާލެ
|
26 ޑިސެންބަރ 2019 | ބުރާސްފަތި 09:48
ބުރާސްފަތި ދުވަހު ރާއްޖެއަށް ހިފި އިރު ކޭތަ
ބުރާސްފަތި ދުވަހު ރާއްޖެއަށް ހިފި އިރު ކޭތަ
Twitter/@AbdullaYamaan
ކޭތަ ނަމާދު
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޭތަ ނަމާދުކޮށްފި
ރަށްރަށުގައި ކޭތަ ނަމާދު ކޮށްފައިވަނީ އެ ރަށު އެންމެ ބޮޑު މިސްކިތުގައި
މާލެ ސަރަހައްދަށް ކޭތަ ހިފާފައިވަނީ 08:51 ގައި
މިއީ މި އަހަރު ހިފާ އެންމެ ފަހު ކޭތަ

ބުރާސްފަތި ދުވަހު އިރުކޭތަ ހިފުމާއި ގުޅިގެން މާލެ އާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކޮށްފިއެވެ.

މާލޭގައި ކޭތަ ނަމާދު ކޮށްފައި ވަނީ އަލްއުސްތާޒު ޣާޒީ މުހައްމަދު ތަކުރުފާނުލް އަޢްޒަމް (އިސްލާމީ މަރުކަޒު) ގައެވެ.

ހުޅުމާލޭގައި ކޭތަ ނަމާދު މަސްޖިދުއް ޝައިޚް ގާސިމް ބިން މުޙައްމަދު އާލް ޘާނީ ގައި ކޮށްފައިވާއިރު ވިލިގިލި ގައި ނަމާދުކޮށްފައިވަނީ މަސްޖިދުލް ބިއްރިގައެވެ.

Advertisement

މީހުން ދިރިއުޅޭ އަތޮޅުތަކުގެ ރަށްރަށުގައި ކޭތަ ނަމާދު ކޮށްފައިވަނީ ކޮންމެ ރަށެއްގެ ވެސް އެރަށެއްގެ އެންމެ ބޮޑު މިސްކިތެއްގައެވެ.

މި ކޭތަ ހިފާފައިވަނީ އުތުރުގެ ރަށްރަށަށް 08:51 ހާއިރުއެވެ. އަދި ދެކުނުގެ ސަރަހައްދުތަކަށް 09:01 ހާއިރުއެވެ. މާލެ ސަރަހައްދަށް ކޭތަ ހިފާފައިވަނީ 08:56 ހާއިރުއެވެ. މިއީ މި އަހަރު ހިފާ އެންމެ ފަހު އިރުކޭތައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް