ކ. މާލެ
|
21 ޑިސެންބަރ 2019 | ހޮނިހިރު 15:53
އާޓެޓާ އާސެނަލް އަށް ސޮއި ކުރުމަށްފަހު
އާޓެޓާ އާސެނަލް އަށް ސޮއި ކުރުމަށްފަހު
ގެޓީ އިމޭޖަސް
އާސެނަލް
އާސެނަލްގެ ކޯޗަކަށް އާޓެޓާ ހަމަޖައްސައިފި
އާޓެޓާ ވަނީ އާސެނަލް އަށް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެދީފައި

އާސެނަލްގެ ކޯޗު ކަމުގެ މަގާމަށް އެ ކްލަބުގެ ކުރީގެ ކުޅުންތެރިޔާ އަދި މެންޗެސްޓާ ސިޓީގެ އެސިސްޓެންޓް ކޯޗު މިކެލް އާޓެޓާ ހަމަޖައްސައިފިއެވެ.

ކުޅުންތެރިއެއްގެ ގޮތުން ރިޓަޔަރ ކުރުމަށްފަހު އާޓެޓާ ސިޓީގެ ކޯޗިން ޓީމާ ގުޅުނީ 2016 ވަނަ އަހަރެވެ.

އާސެނަލްގެ ކޯޗުކަމުން އުނާއި އެމެރީ މިދިޔަ މަހު ވަކިކުރުމަށްފަހު ވަގުތީ ގޮތުން ކޯޗުކަން ހަވާލުކުރީ އެ ކްލަބަށް ކުރިން ކުޅުނު ފްރެޑްލީ ލިއުންބާގާ އެވެ. އާސެނަލަށް އާޓެޓާ ގުޅުމާއެކު މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އާޓެޓާ އާސެނަލްގައި ކާމިޔާބު ހޯދާނެ ކަމަށެވެ. މީގެ އިތުރުން ގާޑިއޯލާ ބުނީ އާޓެޓާ އަށް އާސެނަލް އަކީ މުހިންމު ކްލަބެއް ކަމަށާއި އޭނާގެ ކެރިއަރު ނިންމާލީ އާސެނަލްގައި ކަމަށެވެ. މި ވަގުތު އިނގިރޭސި ވިލާތުގައި އޮތް އެންމެ ބޮޑު އެއް ކްލަބުގެ ގޮތުގައި އާސެނަލް ސިފަ ކޮށް ގާޑިއޯލާ ބުނީ އާޓެޓާ އަށް ކާމިޔާބީއަށް އެދޭ ކަމަށެވެ.

އާސެނަލާއެކު ރަސްމީކޮށް އާޓެޓާ މަސައްކަތް ފަށާނީ އާދީއްތަ ދުވަހުން ފެށިގެންނެވެ. ހޮނިހިރު ދުވަހު އާސެނަލް އެވަރޓަން އާއި ދެކޮޅަށް ނިކުންނަ މެޗުގައި އެޓީމަށް އިރުޝާދު ދޭނީ މިހާރުގެ ވަގުތީ ކޯޗު ލިއުންބާގް އެވެ.

އާސެނަލާއި ގުޅުމަށް ފަހު އާޓެޓާ ބުނީ އާސެނަލް އަކީ ތަށިތަކަށް ވާދަކުރަން ޖެހޭ ކްލަބެއް ކަމަށާއި ކާމިޔާބު ހޯދަން އާސެނަލުން ގިނަ މަސައްކަތްތަކެއް ކުރަން އެގޭ ކަމަށާއި އާސެނަލާއި އެކު ކާމިޔާބު ހޯދޭނެ ކަމުގެ އިރުޝާދު އޭނާ އަށް އެބައޮތް ކަމަށެވެ.

އާސެނަލަށް ފަސް އަހަރު ދުވަހު ކުޅެދިން އާޓެޓާ ވަނީ އެ ކްލަބާއެކު އެފްއޭ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. ކުޅުންތެރިއެއްގެ ގޮތުގައި އާޓެޓާ ވަނީ ޕީއެސްޖީ އާއި ރެއާލް ސޮސިއެޑާޑް އަދި އިނގިރޭސި ކްލަބު އެވަރޓަންއަށް ވެސް ކުޅެފައެވެ. އެވަރޓަންގައި ދެއްކި މޮޅު ކުޅުމާއެކު އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ އާޓެޓާ އެ ކްލަބަށް ގެންދިޔައީ 2011 ވަނަ އަހަރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް