Advertisement
ކ. މާލެ
|
21 ޑިސެންބަރ 2019 | ހޮނިހިރު 13:41
ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު
ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު
ރާއްޖެއެމްވީ
ފަނޑިޔާރަށް މަރުގެ އިންޒާރު ދިނުން
ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި މީހާ ހައްޔަރުކޮށްފި
ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން
މަރުގެ އިންޒާރު ދީފައިވަނީ މާފުށި މީހެއް ކަމަށްވާ އަލީ މުރުތަޟާ
ހައިކޯޓުން ވަނީ އެމައްސަަލަ ބަލާދިނުމަށް ފުލުހުންނަށް ހުށަހަޅާފައި

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާންއަށް ބިރު ދައްކައި މަރާލާނެ ކަމުގެ އިންޒާރުދިން މީހާ، ހައްޔަރު ކުރުމުގެ އަމުރެއް ނެރެފި އެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ އެމައްސަލާގައި ހައްޔަރު ކުރުމުގެ އަމުރަކަށް އެދުމުން އެ އަމުރު ނެރެދީފައިވަނީ މާލެ އަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓުން ނެވެ.

އެއަމުރުގައި ވާގޮތުން، ފުލުހުން ހައްޔަރު ކުރުމުގެ އަމުރަކަށް އެދިފައިވަނީ ކ. މާފުށި، ވައިޓްފިޝް، އަލީ މުރުތަޟާ އެވެ.

Advertisement

އެއަމުރުގައި ވާގޮތުން، އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން އެެދިފައިވަނީ، މިމަހުގެ 20 ވަނަ ދުވަހުގެ ހަވީރު 17:15 ހާއިރު، ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ ގައިގައި ޖަހާ، މާރާމާރީ ހިންގާނެ ކަމަށާއި، މަރާލާނެ ކަމަށްބުނެ، އަލީ މުރުތަޟާ އިންޒާރުދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކަމަށެވެ.

އެއަމުރާ ގުޅިގެން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ،

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 35 މިނެޓު ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް