Advertisement
ކ. މާލެ
|
21 ޑިސެންބަރ 2019 | ހޮނިހިރު 12:45
ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
ގޫގުލް
ހައިކޯޓުގެ އިސްފަނޑިޔާރު
އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދީފައިވާތީ ހައިކޯޓުން އެކަން ކުށްވެރިކޮށްފި
ޝުޖާޢަކީ 2015 ވަނަ އަހަރުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ފަނޑިޔާރެއް
ޝުޖާޢު ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ މިދިއަ އަހަރު
ޝުޖާޢު ސިޔާސީ ގިނަ ބޭފުޅުންގެ މައްސަލަތައް ބައްލަވާފައިވޭ

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާޢު އުޘްމާނަށް، މަރުގެ އިންޒާރު ދީފައިވާތީ އެކަން ދިވެހިރާއްޖޭގެ ހައިކޯޓުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ.

ހައިކޯޓުން ޢާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ؛ މަރުގެ އިންޒާރު ދިނުމަކީ ޖިނާޢީ ކުށަކަށް ވާތީ މި ޢަމަލު ހިންގި ފަރާތް ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރާކަމަށެވެ.

ހައި ކޯޓުން ދެކޭ ގޮތުގައި އެއްވެސް މީހެއްގެ ހަށިގަނޑާ ފުރާނައަށް ގެއްލުންދިނުމާއި، މަރުގެ އިންޒާރު ދިނުމަކީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ހައިކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާނަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ. ފުލުހުންގެ އިދާރާއިން ބުނެފައިވަނީ، ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާނަށް މަރުގެ އިންޒާރު ދީފައިވާތީވެ އެ މައްސަލަ ބަލައިދިނުމަށް އެދި ހައިކޯޓުން ފޮނުވާފައިވާ ސިޓީއެއް ފުލުހުންނަށް ލިބިފައިވާ ކަމަށެެވެ. މި މައްސަލައިގެ އިތުރު ތަފުޞީލެއް ފުލުހުންނާއި ހައިކޯޓުން ވެސް ހާމައެއް ނުކުރެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާޢަށް މަރުގެ އިންޒާރު ދީފައިވަނީ ޗުއްޓީ ހޭދަކޮށްލެވުމަށް ކ. މާފުއްޓަށް ވަޑައިގެން އުޅުއްވަނިކޮށެވެ. 2015 ވަނަ އަހަރުން ފެށިގެން ހައި ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޝުޖާއު އުޘްމާން، އެ ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމަށް ޢައްޔަން ކުރެއްވީ މިދިޔަ އަހަރުއެވެ. އޭގެ ކުރިން އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގައެވެ. ޝުޖާޢު ސިޔާސީ ގިނަ ބޭފުޅުންގެ މައްސަލަތައް ބައްލަވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް