Advertisement
ކ. މާލެ
|
20 ޑިސެންބަރ 2019 | ހުކުރު 23:19
ހައިކޯޓުގެ އިސްގާޒީ ޝުޖާއު އުސްމާން
ހައިކޯޓުގެ އިސްގާޒީ ޝުޖާއު އުސްމާން
ރާއްޖެއެމްވީ
ފަނޑިޔާރު ޝުޖާއު އުސްމާން
އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަނީ
ފުލުހުން ދަނީ މައްސަލަ ބަލަމުން
މި ހާދިސާ ހިންގާފައިވަނީ މާފުށީގައި

ހައިކޯޓުގެ އިސް ގާޒީ ޝުޖާއު އުސްމާނަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވާފައިވާ މެސެޖެއް ބުނީ، އިސް ގާޒީ ޝުޖާއު އުސްމާން އަށް މަރުގެ އިންޒާރު ދީފައިވާތީވެ އެ މައްސަލަ ބަލައިދިނުމަށް އެދި ހައިކޯޓުން ފޮނުވާފައިވާ ސިޓީއެއް ފުލުހުންނަށް ލިބިފައިވާ ކަމަށެެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުން ހައިކޯޓުގެ އިސްގާޒީ އަށް މަރުގެ އިންޒާރު ދީފައިވަނީ ޗުއްޓީ ހޭދަކޮށްލެވުމަށް ކ.މާފުއްޓަށް ވަޑައިގެން އުޅުއްވަނިކޮށެވެ. 2015 ވަނަ އަހަރުން ފެށިގެން ހައި ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޝުޖާއު އުސްމާން އެ ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުއެވެ. އޭގެ ކުރިން އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 42 މިނެޓު ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް