Advertisement
ކ. މާލެ
|
20 ޑިސެންބަރ 2019 | ހުކުރު 18:20
ކޯސްޓްގާޑް
ކޯސްޓްގާޑް
އެމްއެންޑީއެފް
ކަނޑުމަތީ ހާދިސާ
ފިރިހެނަކާއި 3 ކުޑަކުދިންނާއި އެކު ދަތުރުކުރި ޑިންގީއެއް ގެއްލިގެން ހޯދަނީ!
މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ހަވީރު 16:53 ގައި
ޑިންގީގައި 3 ކުޑަކުދިންނާއި ފިރިހެނަކު ދަތުރުކުރި
މިހާތަނަށް އަދި އެމީހުން ފެނިފައެއް ނުވޭ

3 ކުދިންނާއި އެކު ދަތުރުފެށި ޑިންގީއެއް ގެއްލިގެން ހޯދުމަށް އެމްއެންޑީއެފްއިން ހަރާކާތްތެރިވާން ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ، އދ މާމިގިލިން ފުރައިގެން ފ. ފީއައްޔަށް ދަތުރުކުރި 20 ފޫޓު ޑިންގީއެއްގެ ހަބަރެއް ނުވެގެން އެންމްއެންޑީއެފުން ހަރަކާތްތެރިވަމުން އަންނަކަމަށާއި އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ހުކުރު ދުވަހުގެ ހަވީރު 16:53 ހާއިރުކަމަށެވެ. މި ކުދިންގެ އިތުރުން މި ޑިންގީގައި ހުރީ ފިރިހެނެކެވެ.

Advertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނެފައިވަނީ، ޑިންގީއަކީ 20 ފޫޓު ހުރި ފިޔާތޮށި ކުލަ ލާފައިވާ ޑިންގީއެއްކަމަށާއި ޑިންގީ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެދޭކަމަށެވެ. މިހާތަނަށް އަދި ޑިންގީ ފެނިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 29 މިނެޓު ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް