Advertisement
ކ. މާލެ
|
20 ޑިސެންބަރ 2019 | ހުކުރު 17:54
އަސުރުމާ 3 އިން ފުލުހުންގެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދެނީ
އަސުރުމާ 3 އިން ފުލުހުންގެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދެނީ
ޕޮލިސް
ކަނޑު މަތީގެ ހާދިސާ
ފުލުހުންގެ ލޯންޗު ހުއްޓުމުން، އެހީވެދިނީ ކަންނެލި ދޯންޏަކުން
ފުލުހުންނަށް އެހީތެރިވެދީފައިވަނީ މަހިބަދޫ "އަސުރުމާ3" ނަމަކަށް ކިޔާ ކަންނެލި ދޯންޏެއް
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް

ކުށުގެ ތުހުމަތުގައި ގޮވައިގެންދިޔަ ފުލުހުންގެ ލޯންޗެއްގެ އިންޖީނު ހަލާކުވެ ހާލުގައި ޖެހުމުން، ކަންނެލި ދޯންޏަކުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ބުނީ ހުކުރު ދުވަހު އދ. އަތޮޅުގެ ރަށަކުން މީހަކު ހައްޔަރުކޮށްގެން އެ އަތޮޅު މަހިބަދޫއަށް ދިޔަ ދަތުރުމަތީގައި ލޯންޗްގެ އިންޖީނު ހަލާކުވެ ހާލުގައި ޖެހުނު ކަމަށެވެ.

ފުލުހުންނަށް އެހީތެރިވެދީފައިވަނީ މަހިބަދޫ "އަސުރުމާ3" ނަމަކަށް ކިޔާ ކަންނެލި ދޯންޏަކުންނެވެ. ފުލުހުން ވަނީ އެ ދޯނީގެ ކައްޕިއާއި ފަޅުވެރިންނަށް ޝުކުރު އަދާކޮށްފައެވެ.

Advertisement

މިދުވަސްވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަ ކުރަމުންދާ ދުވަސްވަރެއް ކަމުން ރާއްޖޭގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީއިދާރާއިން މައުލޫމާތު ދެއެވެ.

އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 39 މިނެޓު ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް