Advertisement
ކ. މާލެ
|
20 ޑިސެންބަރ 2019 | ހުކުރު 18:21
ރަށެއްގައި ބޮޑުވެފައިވާ ފެންގަނޑު ބަޔަކު ހިއްކަނީ
ރަށެއްގައި ބޮޑުވެފައިވާ ފެންގަނޑު ބަޔަކު ހިއްކަނީ
ޓްވިޓަރ
ރާއްޖެއަށް ކުރަމުންދާ ވިއްސާރާ
ފެންބޮޑުވުމުގެ ސަބަބުން އިންނަމާދޫ ގެއަކުން މީހުން ބަދަލުކޮށްފި
ވިއްސާރަ ގައި ފެންބޮޑުވި ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުން
ބ. އަތޮޅުގެ ރަށްތަކަށް ގެއްލުން ލިބިފައިވޭ
ދުރާލާ ރައްކާތެރިވުމަށް ޑިޒާސްޓާއިން އިލްތިމާސް ކޮށްފައިވޭ

ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރ.އިންނަމާދޫގައި ފެންބޮޑުވެ އެ ރަށު އެއް ގޭގެ މީހުން އެހެން ތަނަކަށް ބަދަލުކުރެވިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

Advertisement

ހުކުރު ދުވަހު ޑިޒާސްޓަރ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ވިއްސާރައިގައި ބ. ކަމަދޫ، ބ. ހިތަދޫ، ބ. ގޮއިދޫ އަދި ރ. އިންނަމާދޫ ގައި ވަނީ ފެންބޮޑުވެފައިވާ ކަމަށެވެ.

އެ ރަށްތަކުގައި ފެން ހިންދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފްއާ ގުޅިގެން ދަނީ ކުރަމުންނެވެ. ފެންބޮޑުވުމުގެ ސަބަބުން ރ.އިންނަމާދޫ އެއް ގޭގެ މީހުން އެހެން ގެއަކަށް ބަދަލުކުރެވިފައި ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އެންޑީއެމުން ދަނީ އެރަށްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލުތަކާއި ގުޅިގެން މޮނީޓަރ ކުރަމުންނެވެ.

ކުރިއަށް ގަޑިތަކުގައި މޫސުން ލަފާކުރާގޮތުން މެދު ރާއްޖޭގެ އަތޮޅުތަކަށް ހުކުރު ދުވަހު ހަވީރުން ފެށިގެން ވިއްސާރަކުރާނެ އެވެ. ފެންބޮޑުވުމުގެ ކުރިން ދުރާލާ ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް ޑިޒާސްޓަރ މެނޭޖްމެންޓުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 45 މިނެޓު ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
20 ޑިސެންބަރ 2019 | ހުކުރު 19:22
ޢައްަޔަ
ދެރަވޭ