Advertisement
ކ. މާލެ
|
20 ޑިސެންބަރ 2019 | ހުކުރު 14:05
ހުޅުމާލޭ ޑިޓެންޝަން ސެންޓަރ
ހުޅުމާލޭ ޑިޓެންޝަން ސެންޓަރ
ކަރެކްޝަން ސަރވިސް
ކަރެކްޝަނަލް ސަރވިސް
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ
މަރުވެފައިވަނީ 60 އަހަރުގެ މީހެއް
މަރުވިއިރު އެމީހާ ދިޔައީ ޑައިލެސިސް ހަދަމުން
ތަންފީޒުކުރަމުން ދިޔައީ 20 އަހަރުގެ ހުކުމެއް

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.

ޕްރިޒަންސްގެ މީޑިއާ އޮފިޝަލް އަހުމަދު ނަސީމް ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްމުން ވިދާޅުވީ، މަރުވެފައިވަނީ ޅ. ނައިފަރަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ މީހެއް ކަމަށެވެ.

އެ ފިރިހެން މީހާ މަރުވެފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިހު 3:50 ހާއިރުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ތަންފީޒު ކުރަމުން ދިޔައީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި ގުޅިގެން ކޮށްފައިވާ 20 އަހަރު ދުވަހުގެ ހުކުމެކެވެ.

Advertisement

ރާއްޖެ.އެމްވީ އަށް މައުލޫމާތު ދިން މީހަކު ބުނީ، އެ ފިރިހެން މީހާ ބަލިވެ އުޅޭތާ ދުވަސްތަކެއްވެއްޖެ ކަމަށާއި، އާއިލާއާ ހަވާލުކުރަން އުޅުމުން އެމީހާގެ އާއިލާއިން މީގެ ކުރުިން ހަވާލުވެފައިނުވާ ކަމަށެވެ. އޭނާ މަރުވެފައިވަނީ، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

އެމިހާ މަރުވިއިރު އޭނާ ގެންދިޔައީ ޑައިލެސިސް ހަދަމުންނެވެ. މިހާރު އޭނާގެ ހަށިގަނޑު ވަނީ ވަޅުލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
20 ޑިސެންބަރ 2019 | ހުކުރު 18:32
ނައިސްމޭން
ތިޔަ ގޮންގު ކާރީގަ އަހާބަލަ ޓަގު ބޯޓުގަ ތަގު ފިލައިގެން ތިޔައިރު ގޮންގު ގޮސް ލަންކާގަ ހުރީ ހަމަ އިއްތިފާގެއްހޭ ޖަވާބު ދީބަލާށޭ
20 ޑިސެންބަރ 2019 | ހުކުރު 14:34
ބުންބާ ގޭންގު
ސުންބާ ބުނީ މާ ފުށީ ޖަލުގަ އޮ ފިސަރުން އިހުމާލުން މަރުވީ އޭ. ރާ ޓީވީ ހަދަނީ ދޮގޭ