Advertisement
ކ. މާލެ
|
20 ޑިސެންބަރ 2019 | ހުކުރު 09:05
ޔެލޯ އެލަރޓް ނެރިފައިވާ އަތޮޅުތަކުގެ ތެރޭގައި ކ އަތޮޅުވެސް ހިމެނޭ
ޔެލޯ އެލަރޓް ނެރިފައިވާ އަތޮޅުތަކުގެ ތެރޭގައި ކ އަތޮޅުވެސް ހިމެނޭ
މުހައްމަދު އަނިލް
މޫސުން
ބ އަތޮޅާއި އއ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފި
ޔެލޯ އެލަރޓް ނެރިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 8:15 އިން 11:00 އަށް
ޔެލޯ އެލަރޓް ނެރިފައިވާ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ
ހއ އަތޮޅާއި، އދ އާއި ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލަރޓް ނެރިފައިވޭ

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މެދު ރާއްޖެތެރެއާއި އުތުރުގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފިއެވެ.

Advertisement

މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ، މި އެލަރޓް ނެރިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 8:15 އިން 11:00 އަށް ކަމަށެވެ. އެގޮތުން ޔެލޯ އެލަރޓް ނެރިފައިވާ އަތޮޅުތަކުގެ ތެރޭގައި ބ އަތޮޅާއި، ކ އަތޮޅުގެ އިތުރުން އއ އަތޮޅު ހިމެނެއެވެ.

މެޓް އޮފީހުން ބުނީ، ޔެލޯ އެލަރޓް ނެރިފައިވާ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާ ކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ބެލެވޭ ކަމަށެވެ.

އޭގެ އިތުރުން، ހއ އަތޮޅާއި، އދ އާއި ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލަރޓް ނެރިފައިވާއިރު، ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށާއި، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އެގޮތުން ވައިޓް އެލަރޓް ނެރިފައިވަނީ ހުކުރު ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް