Advertisement
ކ. މާލެ
|
20 ޑިސެންބަރ 2019 | ހުކުރު 09:00
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ (ކ) އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ވ)
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ (ކ) އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ވ)
ރައީސް އޮފީސް
އިމްރާން
ގާސިމްގެ އާއިލާއަށް އިންސާފު ހޯދޭނެ: އިމްރާން
ގާސިމްގެ މަރުގެ މައްސަލައިގައި އެކަކު ވަނީ ހައްޔަރުކޮށްފައި

ރަހުމްކުޑަގޮތަކަށް ހުޅުމާލޭގައި މަރާލާފައި އޮއްވާ ފެނުނު ޓެކްސީ ޑްރައިވަރު ޤާސިމް ހަސަންގެ ޢާއިލާއަށް އިންސާފު ހޯދައި ދެވޭނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު ހުޅުމާލޭގައި މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު ޤާސިމްގެ މަރުގެ މައްސަލައިގައި މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މި މައްސަލައާއި ގުޅިގެން ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު ކުރެއްވި ޓްވީޓެއް ރިޓްވީޓް ކުރައްވާ އިމްރާން ވިދާޅުވީ މި އޮޕަރޭޝަނުން ސާބިތުކޮށްދެނީ ފުލުހުންގެ ޚިދުމަތް ކުރިއަރަމުންދާ މިންވަރު ކަމަށެވެ.

Advertisement

ވަކިން ޚާއްޞަކޮށް ފޮރެންސިކް އިންވެސްޓިގޭޝަންގެ ދާއިރާގައި ފުލުހުންގެ ޤާބިލުކަން ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ އާއިލާއަށް އިންސާފު ހޯދޭނެކަމަށް އިމްރާން ވިދާޅުވިއެވެ.

ހުޅުމާލޭގައި ތޫނު އެއްޗަކުން ޙަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަންގެ މަރުގެ މައްސަލާގައި ފިރިހެނަކު ހައްޔަރުކުރިކަން ޕޮލިސް ކޮމިޝަނަރ ހަމީދު ވަނީ ބުރާސްފަތި ދުވަހު ހާމަކުރައްވާފައެވެ.

ސީޕީ ހަމީދު ވަނީ މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ހުކުރު ދުވަހު ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ހަމީދުގެ ޓްވީޓުގައި ވަނީ، މި މައްސަލައިގެ ތަހުޤީޤު ހިންގި ފުލުހުންގެ މަސައްކަތާއި މެދު ފަޚުރުވެރިވާ ކަމަށްވެސް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް