Advertisement
ކ. މާލެ
|
20 ޑިސެންބަރ 2019 | ހުކުރު 09:07
ފޮނަދޫ ކައުންސިލާ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން
ފޮނަދޫ ކައުންސިލާ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ރައީސް
ރައީސް ފޮނަދޫ ކައުންސިލާ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތު ކައުންސިލާ މުއައްސަސާތަކުގެ އިސްވެރިން ވަނީ ހިއްސާކޮށްފައި
ދަތިތައް ޙައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ވިދާޅުވި
ބައްދަލުކުރައްވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފޮނަދޫ ކައުންސިލްގެ މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިންނާ ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުކުރައްވައިފިއެވެ.

ލ. އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ފޮނަދޫ ކައުންސިލުގެ މެންބަރުންނާއި، މުއައްސަސާތަކުގެ އިސްވެރިން ވަނީ އެތަންތާގެ މަސައްކަތްތައް ކުރިޔަށް ދާގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

Advertisement

އެބޭފުޅުންގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާއާއި މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. މިގޮތުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި ފޮނަދޫ މަގުބައްތި ނެތުމުން ދިމާވާ ދަތިތަކާއި، އަލަށް އާބާދުވާ ޞަރަޙައްދުގައި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ހޯދުމުގައި ހުރި އުނދަގޫތަކާއި، އެކަށީގެންވާ ގޮތުގައި ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކާއި ރަށުގައި ކުނި މެނޭޖްކުރުމަށް ދިމާވާ ދަތިތައް ހިމެނެއެވެ.

މުއައްސަސާތަކުގެ އިސްވެރިން ވަނީ ސްކޫލް ކުދިންނަށް ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުމާ ބެހޭގޮތުންނާއި ތަޢުލީމީ މަރުކަޒުގެ އާބާތުރަ ފިލުވުމާއި މީގެ އިތުރުން ވެސް ޞިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމާއި ކުޅިވަރު ތަރައްޤީކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރާއި، ކައުންސިލާއި، މުއައްސަސާތަކުގެ އިސްވެރިން ގުޅިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރައްވައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް