Advertisement
ކ. މާލެ
|
20 ޑިސެންބަރ 2019 | ހުކުރު 09:12
އިންފޯފިޝް ގަވަރިނިން ކައުންސިލް ބައްދަލުވުމުގެ ތެރެއިން
އިންފޯފިޝް ގަވަރިނިން ކައުންސިލް ބައްދަލުވުމުގެ ތެރެއިން
ފިޝަރީސް މިނިސްޓްރީ
އިންފޯފިޝް ގަވަރިނިން ކައުންސިލް
އިންފޯފިޝް ގަވަރނިން ކައުންސިލް ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފި
ބައްދަލުވުމުގައި މެމްބަރު 7 ޤައުމަކުން ޖުމްލަ 17 ފަރާތެއް ބައިވެރިވި
35 ވަނަ ގަވަރނިންގ ކައުންސިލް ބޭއްވުމަށް ހަމަޖެހިފައިވަނީ ޕާކިސްތާންގެ ކަރާޗީގައި

34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން ބުރާސްފަތި ދުވަހު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ބައްދަލުވުމުގައި އަންނަ އަހަރު އިންފޯފިޝް މެންބަރު ޤައުމުތަކުގައި، އިންފޯފިޝް މެދުވެރިވެގެން ހިންގާނޭ ބައެއް ޙަރަކާތްތައް ހިމެނޭ ގޮތަށް 2020 ގެ ޕްރޮގުރާމެއް ވަނީ އެކުލަވާލާފައެވެ. މިގޮތުން ރާއްޖޭގެ މަސްވެރިކަމުގެ ދައިރާއަށް ބޭނުންވާ ބައެއް މުހިއްމު ތަމްރީނުތައް ހިންގާނޭ ދާއިރާތައް ވަނީ ކަނޑައެޅިފައެވެ. އޭގެތެރޭގައި، މަސްވެރި އުޅަނދުތަކުގައި މަހުގެ ކޮލީޓި ހިފެހެއްޓުމާއި، މަސްވެރިކަމުގެ މާރކެޓްތަކުގެ ދިރާސާކުރާނެ ގޮތްތަކާއި ވެލިޔު ޗެއިން ދިރާސާކުރުމާއި ގުޅޭގޮތުން ތަމްރީނު ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މި ބައްދަލުވުމުގައި، ސައުތު އީސްޓް އޭޝިޔަން ފިޝަރީޒް ޑެވެލޮޕްމަންޓް ސެންޓަރ (ސީފްޑެކް) އާއި އިންފޯފިޝް އާދެމެދު، އިންފޯފިޝްގެ މެންބަރު ޤައުމުތަކަށް މަސްވެރިކަމާއި އެކުއާކަލްޗަރ ގެ ދާއިރާއިން އެހީތެރިވުމަށް ޓަކައި، އެމް.އޯ.ޔޫ އެއް އެކުލަވާލުމާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން، އެސެންޓަރުން މަސްވެރިކަމުގެ ތަރައްޤީކުރަން ކުރާ ބައެއް މަސައްކަތްތައް އިންފޯފިޝް އާއި ހިއްސާކުރުމާއި، 2020 ވަނަ އަހަރު ސީފްޑެކުން ހިންގާ ބައެއް ތަމްރީނުތަކުގައި އިންފޯފިޝްގެ މެންބަރު ޤައުމުތައް ބައިވެރިވުމާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. މީގެކުރިން ސީފްޑެކްއިން ހިންގާ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނީ އެސެންޓަރުގެ މެންބަރު ޤައުމުތައް ކަމުގައިވާ އާސިޔާންގެ ޤައުމުތަކަށެވެ.

މިއެމް.އޯ.ޔޫގައި ސޮއިކުރުމުން، އެސެންޓަރުން ހިންގާ ތަފާތު ތަމްރީނު ތަކުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ލިބިގެންދާނެ ކަމަށާއި މިއީ ރާއްޖެފަދަ މިބާވަތުގެ ތަމްރީނަށް ބޭނުންވެފައިވާ ޤައުމަކަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

Advertisement

34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުމުގައި މެންބަރު 7 ޤައުމަކުން ޖުމުލަ 17 ފަރާތެއް ބައިވެރިވިއެވެ. އަދި އެފް.އޭ.އޯގެ މަންދޫބުންގެ އިތުރުން، އިންޓަރނޭޝަނަލް 2 އޮބްޒާވަރުން ބައިވެރިވިއެވެ. އޭގެ އިތުރުން މި ބައްދަލުވުމުގައި ފިޖީގެ މިނިސްޓަރ އޮފް ފިޝަރީޒް ސެމީ ކޮރޮއިލަވެސައު އަދި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ވަސީމް އަކްރަމް ބައިވެރިވެވަޑައިގެންނެވިއެވެ.

34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ނިންމާލީ 2020 ވަނަ އަހަރު، 35 ވަނަ ގަވަރިނިންގ ކައުނސިލް ގެ ރިޔާސަތު ބަލަހައްޓާ ޤައުމުކަމުގައިވާ ޕާކިސްތާނާއި ރިޔާސަތު ޙަވާލުކުރުމަށްފަހުއެވެ. 35 ވަނަ ގަވަރނިންގ ކައުންސިލް ބޭއްވުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގެ ކަރާޗީގައެވެ. މި ބައްދަލުވުން ބާއްވާނެ ތާރީޚެއް ކަނޑައަޅާނީ އިތުރު މަޝްވަރާއަށް ފަހު މެންބަރު ގިނަ ޤައުމުތަކަށް ފަސޭހަ ދުވަސްވަރެއްގައެވެ.

34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން ކާމިޔާބުކަމާއެކު ބޭއްވުމަށް އެހީތެރިވީ ހުރިހާ ފަރާތްތަކަށް އިންފޯފިޝް ގަވަރނިންގ ކައުންސިލްގެ ޗެއަރމަން އާދަމް މަނިކު ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖެއިން އަދާކުރި ފުރިހަމަ މެހުމާންދާރީއަށް، ބައިވެރިވި ހުރިހާ މެންބަރު ޤައުމުތަކުން ޝުކުރު އަދާކުރިއެވެ.

އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 16 އިން 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް