Advertisement
ކ. މާލެ
|
20 ޑިސެންބަރ 2019 | ހުކުރު 09:15
ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ތެރެއިން
ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ތެރެއިން
ރާއްޖެއެމްވީ
ބިދޭސީން
ގަވާއިދާ ޚިިލާފަށް އުޅޭ 20،000 އަށްވުރެ ގިނަ ބިދޭސީން ރަޖިސްޓަރީ ކޮށްފައިވޭ!
ބިދޭސީން ގައުމަށް ފޮނުވާލަން ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭ
ބަންގްލަދޭޝް ސަރުކާރުގެ އެހީތެރިކަން ބޭނުންވޭ
ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު މަހުގެ 19 ގައި

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި 20،000 އަށްވުރެ ގިނަ ބިދޭސީން ރަޖިސްޓަރކޮށްފައިވާ އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ރެގިއުލަރައިޒޭޝަން ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 20،000 އަށްވުރެ ގިނަ ބިދޭސީން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

ޤަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ ލިޔެކިއުންތައް ނުހުންނަކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އެފަދަ މީހުން ޤައުމަށް ފޮނުވާލަން ގިނަ ދަތިތަކާ ކުރިމަތިވާ ކަމަށާއި، މިމައްސަލަ ޙައްލުކުރުމަށް ބަންގްލަދޭޝް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

Advertisement

ރާއްޖޭގައި ޤަވައިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ރެގިއުލޭޓްކޮށް ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް 105،000 އެއްހާ ބިދޭސީން އުޅޭކަމަށް ލަފާ ކުރެވިފައިވެއެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންގެ އަތުގައި ޕާސްޕޯޓް އަދި ވޯރކްޕާމިޓް ފަދަ ރަސްމީ ލިޔެކިޔުމެއް ނެތެވެ. ޕާސްޕޯޓް ނެތް މީހުންގެ ޕާސްޕޯޓް ހެއްދުމުގައި ދަތިތަކާކުރިމަތިވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 41 މިނެޓު ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް