Advertisement
ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 23:06
އައްޑޫ ސިޓީގެ މޭޔާރ އަބްދުﷲ ސޯދިގު
އައްޑޫ ސިޓީގެ މޭޔާރ އަބްދުﷲ ސޯދިގު
ރާއްޖެއެމްވީ
ފަލަސުރުހީ
އައްޑޫ ސިޓީއަށް ގެއްލިގެން ދިޔަ ހަތްއަހަރު ދުވަހަކީ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް: މޭޔަރު ސޯދިގު
ކައުންސިލްތައް ހިންގުމަށް ހުރަސްއެޅި
ހުރިހާ ދެރަ ނިކަމެތިކަމެއް ލިބުނީ ރައްޔިތުންނަށް
ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް

އައްޑޫ ސިޓީއަށް ގެއްލިގެން ދިޔަ ހަތްއަހަރު ދުވަހަކީ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މޭޔަރު ސޯދިގު ވިދާޅުވީ މިފާއިތުވެގެންދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަނަމަ، މިހާރު އެސިޓީއަކީ އެންމެ ތަރައްގީވެފައި އޮންނާނެ އެއްސިޓީ ކަމަށެވެ. ނަމަވެސް މަޝްރޫއުތައް ކުރިއަށް ނުގެންދެވި ކައުންސިލް ހިންގުމަށް މިފާއިތުވެދިޔަ ސަރުކާރުތަކުން ހުރަސް އެޅުމުގެ ނަތީޖާގެ ދެރަ ލިބުނީ ރައްޔިތުންނަށް އޭނާ ވިދާޅުވިއެވެ.

މޭޔަރު ސޯދިގު ވިދާޅުވީ މިހާރު ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާއި، ހިންގަމުންދާ މަޝްރޫއުތަކަކީ ހަގީގަތުގައި މިފާއިތުވެގެންދިޔަ ހަތް އަހަރުގެ ތެރޭގައި ނިމިފައި ހުންނަންޖެހޭ މަޝްރޫއުތައް ކަމަށެވެ.

Advertisement

ޓޫރިޒަމްގެ ސިނާއަތަށް އަލިއަޅުއްވާލައްވާ މޭޔަރު ސޯދިގު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކޮންވެންޝަން ސެންޓަރު ހުރި ސަރަހައްދުގައި 100 އެނދުގެ ހޮޓެލްއެއް ގާއިމް ކުރުމުގެ މަސައްކަތް ކުރެވުނު ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވެރިކަން ވައްޓާލުމާ ގުޅިގެން އެމަސައްކަތް ކުރިއަށް ނުގެންދެވި މަޑުޖެހިގެން ދިޔައީ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ އެސަރަހައްދުން ބިން ހިއްކުމަށް ނިންމާފައިވާ ކަމަށާއި، ނަމަވެސް އެމަސައްކަތް ވެސް ކުރިއަށް ނުގެންދެވޭ ކަމަށެވެ. އަދި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވެސް އެކަމުގެ ނޭދެވޭ އަސަރުތައްކޮށް، ބޯހިޔާވަހިކަމުގެ ދަތިތަކުގެ މައްސަލައަށް ބޮޑު ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

އޭރު ކޮންވެންޝަން ސެންޓަރު ކައިރީގަ 100 އެނދުގެ ހޮޓެލް ގާއިމްކޮށްފައި ފަތުރުވެރިކަމުގެ ކޮންވެޝަން ޓޫރިޒަމްއަށް އެތަން ހުޅުވާލަން އޮތީ މަސައްކަތް ރޭވިފައި. އިއުލާން ވެސް ކުރެވުނު. އެއިއުލާނަށް ކުރިމަތިލާ ބިޑް ހުޅުވަން އޮތީ ފެބްރުއަރީ 14 ވަނަ ދުވަހު. ވެރިކަން ބަދަލުވެގެން ދިޔައީ ފެބްރުއަރީ 07 ގައި.
ސޯދިގު- މޭޔަރު

މޭޔަރު ސޯދިގު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް ހުރި ގިނަ މަޝްރޫއުތައް ހުއްޓި، ކުރިއަށް ނުގެންދެވުމުކީ އިގްތިސާދީ ގޮތުން ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ. މިދިޔަ ދުވަސްތަކުގަ އައްޑޫ ރައްޔިތުންނަށް 07 އަހަރުގެ މަޑު ޖެހުމަކީ އެއީ ފޫނުބެދޭ ވަރުގެ ގެއްލުމެއް ކަމަށާއި، ފަހަތަށް ދިޔަ ދުވަސްތަކެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއެކު އައްޑޫގެ ރައްޔިތުންގެ ހުވަފެންތަކުގަ ކުލަ ޖެހި އައްޑޫގެ ތަރައްގީއަށް ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
28 ޖޫން 2020 | އާދީއްތަ 11:23
ދަވާލި19
ގެއްލިގެންދިޔަ 7 އަހަރުތަ ނޫނީ ސޯބެމެން ގެއްލުވާލި 7 އަހަދުދުވަސްތަ ރަނގަޅައް ވިސްނަވާފަ ވިދާޅުވިނަމަ
27 ޖޫން 2020 | ހޮނިހިރު 03:40
ޖުމްލަބެ
8 ފެބްރުއަރީގައި ތަންތަން ރޯ ކުރުމުންވެސް ލިބުނު ގެއްލުން ކުޑައެއް ނޫން
27 ޖޫން 2020 | ހޮނިހިރު 03:27
ދޮންދީނާ
15 އަހަރު މޭޔަރު ކަމުގައި ސޯއްބެ ހުރެގެން އައްޑޫގެ ތަރައްޤީއަށް ކައުންސިލުން އިސްނަގައިގެން ކުރިކަމެއް ނެތް. އައްޑޫގެ ތަރައްޤީއަށް އެހެން ސަރުކާރުތަކުން ކަމެއް ކުރަން އުޅުނަސް ކައުނސިލުން ވަނީ އެކަމަށް ހުރަސް އަޅާފައި. ވެދާނެ އެމްޑީޕީގެ ސަރުކާރެއް ނޫންވީމަ ކަމަށްވެސް. އައްޑޫގެ މަގުތަކުގެ ހާލު މިވެރިކަމުގައި ރަނގަޅު ވާނެކަމަށް އުއްމީދު ކުރަން ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ
20 ޑިސެންބަރ 2019 | ހުކުރު 00:28
ޢަހްލާމް
އާ ވެރިކަމެއްގެ ދެ ވަނަ އަހަރު މީ.ކުރެވުނީ ކޮން ކަމެއްތޯ
20 ޑިސެންބަރ 2019 | ހުކުރު 00:23
ސުންބުލި
މޭޔަރުމެން ވެސް ކަންކުރީ ހިތު ހުރހާ ގޮތަކަށް އަމިއްލަ ފިކުރު ޕްރޮމޯޓް ކުރުމުގަ. ރައްޔިތުންގެ މަތިން ހަނދާނެއް ނެތް. ތިމަންނަ ކުރި ކަންތަކޭ ވިދާޅުވާއިރު ކުރެވުނީ ކޮންކަމެއްތޯ ވިދާޅު ދެއްވަ ބައްލަވާ. ބޮޑު ބަޖެޓްގެ ވާހަކަ ދައްކަވަން އެރީ. އެކަމަކު ބަޖެޓް ލިބުނީމާ ކުރާނެ ކަމެއް ބަޔާންކޮށެއް ނުދެވުނު. އަބަދު ލޭންޑް ޔޫޒް ޕްލޭނަކުން އަޅާ ގަނެގެން ނުނެއްޓިފަ އުޅުއްވާ ކަހަލަ. ތިދެން މިހާރު ބާ މުދާ ގަނޑެއްނު. ވަރަށް ކުރީގެ އެއްޗެއް ތީ. ބޭނުންވަނީ އާ ވާހަކަތަކެއް. އާ އަޑުތަކެއް އިވެން.