Advertisement
ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 22:19
ގާސިމް
ގާސިމް
އަވަސް.އެމްވީ
ޕޮލިސް
ގާސިމް މަރާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
އެމީހާގެ ވަނަވަރެއް ހާމައެއް ނުކުރޭ
ގާސިމް މަރާލާފައިވަނީ ތޫނު އެއްޗަކުން ހަމަލާދީ
އޭނާ މަރަން ޖެހޭ ސަބަބެއް އޮންނަން ޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށް އެކުވެރިން ބުނޭ

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މަައްސަލާގައި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލާގައި މީހަކު ހައްޔަރުކުރިކަން އިއުލާން ކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. ސީޕީ ހަމީދު ވަނީ މިކަމާއި ބެހޭ އިތުރު މައުލޫމާތު ހުކުރު ދުވަހު ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

Advertisement

ހަމީދުގެ ޓްވީޓުގައި ވަނީ، މި މައްސަލައިގެ ތަހުގީގު ހިންގި ފުލުހުންގެ މަސައްކަތާއި މެދު ފަހުރުވެރިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ޑްރައިވަރު ގާސިމް މަރާލާފައިވަނީ، މި ހިނގާ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ، ހުޅުމާލެއިންނެވެ. މި މައްސަލައިގައި ބޭނުންކުރި ހަތިޔާރު ފުލުހުން ހޯދާފައިވާއިރު، އޭތި ފެނިފައިވަނީ ގާސިމް މަރާލި ސަރަހައްދު ކައިރިން ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ގާސިމްގެ މަރާލަން ޖެހޭ އެއްވެސް ސަބަބެއް އޮންނަ ޖެހޭ ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށް އޭނާގެ ގާތް ޓެކްސީ ޑްރައިވަރުން ވަނީ ބުނެފައެވެ. އެ މަރުގެ ފަހަތުގައިވާ ގާތިލުންނަށް މަރުގެ އަދަބު ދިނުމަށް ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް