Advertisement
ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 21:28
މަޑުއްވަރީގައި ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން
މަޑުއްވަރީގައި ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން
މަޑުއްވަރި އޮންލައިން
ވެކްސިން ދިނުން
ފުލުހުންގެ އޮޕަރޭޝަން: ވެކްސިން ނުދީ ތިބި ކުޑަކުދިންތަކަކަށް ވެކްސިން ދީފި
ވެކްސިން ދީފައިވަނީ 03 އަހަރުން ދަށުގެ ކުޑަ ކުދިންނަށް
ވެކްސިން ދިނީ ފިރިހެން ދެކުދުންނާއި، އެއް އަންހެން ކުއްޖަކަށް
މިއޮޕްރޭޝަންގައި 03 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތުޖަހާފައިވޭ

ކުޑަ ކުދިންނަށް ވެކްސިން ދިނުމަށް ދެކޮޅު ހެދި ބެލެނިވެރިއެއްގެ ކުދިންތަކަށް ވެކްސިން ދީފިއެވެ.

ފުލުހުން ބުނީ ކުޑަ ކުދިންނަށް ވެކްސިން ދިނުމަށް ދެކޮޅު ހަދަމުން ދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، ޖެންޑާ މިނިސްޓްރީގެ ފަރާތުން އެމީހުންނަށް ނަސޭހަތްތެރިވި ކަމަށެވެ.

ފުލުހުން ބުނީ ބުރާސްފަތި ދުވަހު އެގޭ ކުޑަކުދިންނަށް ވެކްސިން ދޭން އެކުދިންގެ ބެލެނިވެރިން އެއްބަސްވުމުން ތިން އަހަރު ދަށުގެ ކުޑަ ކުދިންނަށް މިހާރު ވެކްސިން ދީފައިވާ ކަމަށެވެ.

Advertisement

ފުލުހުން ބުނީ ވެކްސިން ދީފައިވަނީ ތިން ކުދިންނަށް ކަމަށެވެ. އެއީ ހަތަރު އަހަރުގެ ފިރިހެން ކުއްޖަކާއި، ދެއަހަރުގެ ފިރިހެއް ކުއްޖެއްގެ އިތުރުން އެއް މަހުގެ އަންހެން ކުއްޖަކަށް ކަމަށެވެ.

މިއީ މިހާރު ފުލުހުން ހަރުކަށި ފިކުރު ގަބޫލުކުރާ މީހުން ހޯދުމަށް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހިންގާ އޮޕަރޭޝަންގެ ތެރެއިން، ފެންމަތިވީ މައްސަލައެކެވެ. މިއޮޕަރޭޝަން ގައި މިހާރު ވަނީ 3 މީހަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.

މިއޮޕަރޭޝަންގައި ލިބިފައި ހުރި މައުލޫމާތުގެ އަލީގަ ކުޑަ ކުދިންނަށް ވެކްސިން ދިނުމާއި ތައުލީމުން މަހުރޫމް ކުރެވިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މިއީ އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހިންގާ އޮޕަރޭޝަނެއް ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް