Advertisement
ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 19:38
ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
މުހައްމަދު ޝަރުހާން
ގާސިމް ހަސަން
ހުރިހާ ރައްޔިތުންގެ ޖެނެޓިކް މަޢުލޫމާތު އެއްކުރުން މުހިންމު: ނާޒިމް
ގާސިމް މަރާލާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ ރޭ
ގާސިމް މަރާލަން ބޭނުންކުރި ހަތިޔާރުން ނެގި ޑީއެންއޭއާއި އެއްވެސް ފަރާތެއްގެ ޑީއެންއޭއާއި އަދި ދިމާނުވާކަމަށް ފުލުހުން ވަނީ ބުނެފައި

ކުށްތަކުން އަރައިގަތުމަށް ނުވަތަ ކުށްތަކާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ހަރުދަނާކުރަން ބޭނުންވާނަމަ، މިހާރު ބޭނުންކުރަމުން ޑީއެންއޭ ޑޭޓާބޭސްގައި ހުރިހައ ރައްޔިތުންގެ ޖެނެޓިކް މަޢުލޫމާތުތައް ހިމެނުން މުހިއްމު ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ ޙާދިސާއަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނުގެ ޓްވިޓަރ އެކައުންޓުގައި ވިދާޅުވެފައިވަނީ ޤާސިމު މެރި ޞަރަޙައްދުން ޑީއެންއޭ ސާމްޕަލް ވެސް ހިމެނޭގޮތައް ފޮރެންސިކް ހެކި ފުލުހުން ހޯދިތާ 10 ދުވަސް ފާއިތުވެގެން ހިގައްޖެކަމަށެވެ. އެހެންނަމަވެސް މި ފާއިތުވެދިޔަ ދުވަސްތަކުގައި އެ ހެކިތަކުގެ އެހީގައި ފުލުހުންނަށް އެކަމާއި ގުޅުހުން ހުރި އެއްވެސް މީހަކު ފުލުހުން ހައްޔަރުކޮށްފައި ނުވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

ފުލުހުން ޤާސިމުގެ މަރާއި ގުޅިގެން އެއްވެއް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވަނީ ފުލުހުންގެ ޑީއެންއޭ ޑޭޓާބޭސް ގައި މިހާރު ހުރި ޑީއެންއޭ ޖެނެޓިކް ރިކޯޑުތަކާއި، ޤާސިމުގެ މަރުގެ ނުވަތަ ކުށުގެ ވެށިން ހޯދި ޑީއެންއޭ ސާމްޕަލް އާ ދިމާނުވާތީކަމަށް ހީފުޅުކުރައްވާކަމަށް ޓުވިޓަރގައި ވިޑާޅުވެފައިވެއެވެ.

Advertisement

ޓްވިޓަރގައި އިތުރަށް މެންބަރު ނާޒިމް ވިދާޅުވެފައިވަނީ، ފުލުހުންގެ ޑީއެންއޭ ޑޭޓާ ބޭހަކީ ހުރިހައި ރައްޔިތުންގެ ޖެނެޓިކް މަޢުލޫމާތު ނުވަތަ ޑީއެންއޭ ހިމެނޭ ޑޭޓާ ބޭސް އަކަށް ހެދުމުގެ ވަގުތު އައިސް ޖެހިއްޖެކަމަށެވެ. މީގެ ސަބަބުން ކުށުން ރައްކާތެރިވުމަށް، ނުވަތަ ކުށްތަކާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ހަރުދަނާކުރެވި، ކުށްވެރިން ހޯދުމުގައި ފަސޭހަވެގެންދާނެކަމަށެވެ.

ނާޒިމު އިތުރަށް ވިދާޅުވެފައިވަނީ ޤާނޫނުތަކަށް ތަބާވާ އަބުރު ވެރި ރައްޔިތުންނާއި ، އެބޭފުޅުންގެ މުދާ ރައްކާތެރިކޮށް، މިޤައުމަކީ ހުރިހައި ރައްޔިތުންނަށް ރައްކާތެރި ތަނަކަށް ހަދަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ތޫނު އެއްޗަކުން ޙަމަލާދީ ޤާސިމް މަރާލާފައި ވަނީ މިމަހުގެ ހަރަތުވަނަ ދުވަހުގެރޭއެވެ. ޤާސިމުގެ ކާރުތެރެއިންނާއި މަރާލަން ބޭނުންކުރި ހަތިޔާރުން ނެގި ޑީއެންއޭއާއި އެއްވެސް ފަރާތެއްގެ ޑީއެންއޭއާއި އަދި މިހާތަނަށް މެޗެއް ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި ޤާސިމްގެ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް