Advertisement
ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 19:46
ފުލުހުންނާއި ސިފައިން ގުޅިގެން މަޑުއްވަރީ ގައި ހިންގާ އޮޕަރޭޝަންގެ ތެރެއިން
ފުލުހުންނާއި ސިފައިން ގުޅިގެން މަޑުއްވަރީ ގައި ހިންގާ އޮޕަރޭޝަންގެ ތެރެއިން
މަޑުއްވަރީއޮންލައިން.ކޮމް
ރ. މަޑުއްވަރި
ނޫސްތަކުން ސިފަކުރާ ފަދަ ބިރުވެރި އަމަލެއް މަޑުއްވަރި އަކު ނުހިނގާ: ކައުންސިލް
އޮޕަރޭޝަން ފެށީ ބުދަ ދުވަހު
ބިރުވެރިކަން އުފެދޭ ގޮތަށް ހަބަރު ނުފެތެތުރުމަށް ނޫސްތަކަށް ނަސޭހަތްތެރިވެފައިވޭ

ރާއްޖޭގެ ނޫސް މަޖައްލާތަކުން ސިފަކުރާ ފަދަ ބިރުވެރި އަމަލެއް ރ. މަޑުއްވަރީ ގައި ނުހިނގާ ކަމަށާއި، އެފަދަ ގޮތަށް ހަބަރުތައް ނުގެނެސް ދިނުމަށް މަޑުއްވަރީ ކައުންސިލުން ދިވެހި ނޫސްތަކަށް ނަސޭހަތެރި ވެއްޖެއެވެ.

Advertisement

ހައްދުފަހަނަ އަޅާފައިވާ މީހުން ހޯދުމަށް ފުލުހުންނާއި ސަލާމަތީ ބާރުތަކުން ވަނީ ބުދަ ދުވަހު މަޑުއްވަރީ ގެތައް ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށާފައެވެ. އެކަމާއި ގުޅުވައިގެން ނޫސްތަކުގައި ޝާއިއު ކުރެވެމުންދާ ހަބަރުތަކާއި މެދު ކަންބޮޑުވުން ފާޅުކޮށް ބުރާސްފަތި ދުވަހު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ރަށުގައި ދީނީގޮތުން ހައްދުފަހަނަ އެޅުމާއި ގުޅޭ ގޮތުން ގެނެސްދޭ ހަބަރުތަކުގައިއާ މަޒުމޫން ތަކުގައި ހަގީގަތެއްނެތް ވާހާކަ ނުލިޔުމަށް ނަސޭހަތްތެރިވާ ކަމަށެވެ. އަދި ނޫސްތަކުން ސިފަކޮށްފައިވާ ފަދަ ބިރުވެރި އަމަލެއް ރަށުގައި ހިނގަމުންނުދާ ކަމަށްވެސް ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.

ދިވެހިރާއްޖޭގެ ނޫސްމަޖައްލާތަކުގައި ސިފަކޮށްފައިވާފަދަ ބިރުވެރި ނުރައްކާތެރި އަމަލެއް މަޑުއްވަރީގައި ހިނގަމުން ނުދާކަން ދިވެހި އެންމެހާ ރައްޔިތުންނަށް ޔަގީންކޮށް އަރުވަމެވެ.
ރ. މަޑުއްވަރީ ކައުންސިލްގެ ނޫސްބަޔާން

ހަރުކަށި ފިކުރު ފަތުރައި ހިންގަމުންދާ އަމަލުތައް ކުށްވެރި ކުރަމުން ކައުންސިލްގެ ބަޔާނުގައި ބުނީ، ފުލުހުންނާއި ސިފައިން ގުޅިގެން، ބައިބައިވެގެން އުޅޭ މީހުން ހޯދައި އެމީހުންގެ ޝިކާރާއަކަށް ވެފައިވާ ފަރާތްތައް ހޯދުމަށް ކަމާއިބެހޭ އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތައް ޝުކުރު އަދާކުރާ ކަމަށެވެ. ކައުންސިލުން ވަނީ ހަރުކަށި ފިކުރުތަކާއި ދީނީ އިލްމުވެރިން ނިކުމެ އެކަމާއި ދެކޮޅަށް އަޑު އުފުލުމަށްވެސް ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
19 ޑިސެންބަރ 2019 | ބުރާސްފަތި 23:43
މުހައްމަދު
ރަށް ބަދުނާމް ވެދާނެތީ، ކައުންސިލްގަ ތިބިމީހުން ވަރަށް ބިރުގަންނަކަން އިގިއްޖެ. އަދިވެސް ތި މަސައްކައި ކުރަނީ ތަށުގަތިބި ކުއްވެރިން ހިމާޔައް ކުރަން. ކައުންސިލަރަރުންގެ ޒިމްމާއެއްދޯ މީ، ރަށުގައި މިވަރު ކަމެއް ހިގާއިރު މިކަން ކަމާބެހޭ ފަރާތައް އެނގުން. މިއިން އިގޭ އެއްޗަކީ ރަށުގެ ކައުންސިލް ގައި ވެސް ތިބީ ހައްދުފަހަނަ އަޅާފަވާ ފިކުރުގެ މީހުންކަން. ރ. މަދުއްވަރީ ކައުންސިލްގެ ރައީސް ހިފާ ހައްޔަރު ކުރުމަށް ގޮވަލަން