Advertisement
ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 17:38
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައީސް އޮފީސް
ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދުގެ މައްސަލައެއް އޭސީސީން ބަލަނީ
މަޖިލީހުން އެކަން ދޮގުކުރޭ
ހުށައަޅާފައިވަނީ އެކްޓިވިސްޓުންނާއި ބައްދަލުކުރަން މަޖިލީހުގެ ހަރަދުގައި ވަޑައިގެންނެވި މައްސަލަ އެއް
އޭސީސީން ދަނީ މައްސަލަ ބަލަމުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ހަރަދުގައި އެކްޓިވިސްޓުންނާއި ބައްދަލުކުރުމަށް ކުރެއްވި ދަތުރުފުޅެއްގެ މައްސަލަ އެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅައިފި އެވެ.

އެކަމާއި ގުޅޭ ގޮތުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ އަށް ގުޅާލުމުން ވިދާޅުވީ، އެފަދަ މައްސަލެއް އެ ކޮމިޝަނަށް ހުށައެޅިފައިވާ ކަމަށާއި، އެކަން ބަލަމުންދާނެ ކަމަށެވެ. އަދި އެކަމުގެ ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށް ވިދާޅުވއެވެ.

އެނގިފައިވާގޮތުން އޭސީސީއަށް ހުށައަޅާފައިވަނީ ދެކުނުގެ އަތޮޅު ތަކުގައި ކައުންސިލަރުންނަށް ހާއްސަކޮށްގެންގައި ބޭއްވި މަހާސިންތާގައި އެކްޓިވިސްޓުންނާއި ބައްދަލުކުރައްވަން ވަޑައިގެންނެވި މައްސަލަ އެވެ. ނަމަވެސް މަޖިލީހުން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

Advertisement

މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރ ހަސަން ޒިޔާއު ރާއްޖެ.އެމްވީ އަށް ވިދާޅުވީ، އެ ދަތުރަކީ ދެކުނު މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ކުރެއްވި ދަަތުރުފުޅެއް ކަމަށެވެ. އަދި އެ މާހަސިންތާއަށްފަހު ނަޝީދު އައްޑޫއަށާއި ފުވައްމުލަކަށް ވަޑައިގެންނެވީ އެމަނިކުފާނުގެ އަމިއްލަ ހަރަދުގައި ކަމަށް ޒިޔާއު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މައްސަލަ އެއް އޭސީސީ އަށް ހުށައެޅިފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހިމެނޭ ގޮތަށް މީގެ ކުރިންވެސް އަމިއްލަ ފަރާތަކުންވެސް ވަނީ އޭސީސީ އަށް މައްސަލަތަކެއް ހުށައަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
19 ޑިސެންބަރ 2019 | ބުރާސްފަތި 19:29
ހޭނެތޭނެ ކަމަށް
އޭސީސީއޭ ބުނީމަ ރައީސް ނަޝީދު ބިރުން ހޭނެތޭނެ ކަމަށް ހީކުރީތަ؟