Advertisement
ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 17:19
މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން
މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން
ޔޫސުފް ސޮފްވާން ރަޝީދު
ހެލްތު މިނިސްޓަރ
އަވަސް މުސްތަގުބަލެއްގައި ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑު އިންގިލާބެއް އަންނާނެ: މިނިސްޓަރ
ވަރަށް ބޮޑެތި ހަރަދުތަކެއް ކުރައްވާކަން ފާހަގަކުރެއްވި
މިނިސްޓަރ ވިދާޅުވީ ލ. ހިތަދޫ ސިއްހީ މަރުކަޒަށް 50 އަހަރުފުރުމާއި ގުޅިގެން ބޭއްވި ޖަލްސާގައި

ރާއްޖޭގެ ސިއްހީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ބޮޑެތި ހަރަދުތަކެއް ކުރަމުންދާ ކަމަށާއި ކުރިއަށްދާ މަޝްރޫއުގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑު އިންގިލާބެއް އައުން ކަމަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ލ. ހިތަދޫގެ ސިއްހީ މަރުކަޒުގެ ޚިދުމަތަށް 50 އަހަރުފުރުމާއި ގުޅިގެން ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހައްދުންމަތީގެ ސިއްޙީ ނިޒާމަށް ބޮޑެތި، އަދި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މޯބައިލް ލެބޯޓްރީގެ ޚިދުމަތް ތައާރަފް ކުރެވިގެންގޮސްފައިވާއިރު، އިތުރު ޚިދުމަތްތައް ދިނުން ފެށުމަށް މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ. މިހާރު ދެމުންދާ މޯބައިލް ލެބޯޓަރީގެ ދަށުން މާމެންދޫ، ކުނަހަންދޫގެ ހެލްތް ސެންޓަރުތަކުން ބްލަޑް ސާމްޕަލް ފޮނުވުމުން ޓެސްޓު ހެދުމަށްފަހު އޭގެ ނަތީޖާ ހިތަދޫ ހެލްތު ސެންޓަރުން އެ މަރުކަޒުތަކަށް ފޯރުކޮށްދެވެއެވެ.

Advertisement

އެގޮތުން މި ސަރުކާރުން މި ސަރަހައްދުގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ބޮޑެތި ހަރަދުތައް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ހައްދުންމަތީގެ ސިއްހީ ޚިދުމަތަށް ބޮޑު އިންގިލާބެއް އަންނާނެ ކަމަށެވެ.

މިނިސްޓަރ އަމީން ވަނީ މި ޖަލްސާގައި ހިތަދޫ ސިއްހީ މަރުކަޒުގައި ޚިދުމަތުގައި ތިއްބެވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އަރުވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި އެކު ހައްދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި މިނިސްޓަރ އަަމީންގެ އިތުރުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އާއި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް