Advertisement
ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 17:05
ޓްރާންޝިޕްމަންޓް ބަނދަރާއި ބައިނަލްއަގްވާމީ މެރިޓައިމްއާ ގުޅުންހުރި އެހެނިހެން ޚިދުމަތްތައް ޤާއިމްކުރުމުގެ ކޮންސަލްޓެންސީ އެއްބަސްވުމުގައި ސޮއިކުރުން
ޓްރާންޝިޕްމަންޓް ބަނދަރާއި ބައިނަލްއަގްވާމީ މެރިޓައިމްއާ ގުޅުންހުރި އެހެނިހެން ޚިދުމަތްތައް ޤާއިމްކުރުމުގެ ކޮންސަލްޓެންސީ އެއްބަސްވުމުގައި ސޮއިކުރުން
ޓްވިޓަރ
އިކޮނޮމިކް މިނިސްޓްރީ
ޓްރާންޝިޕްމަންޓް ބަނދަރު ޤާއިމްކުރުމުގެ ކޮންސަލްޓެންސީ އެއްބަސްވުމުގައި ސޮއިކޮށްފި
ކޮންޓްރެކްޓް އެވޯޑް ކުރެވުނީ އެމް.ޓީ.ބީ.އެސް އަދި ޑެންމާރކްގެ ނީރާސްގެ ޖޭވީއަކަށް
މިއީ 860،626 އެމެރިކާ ޑޮލަރަށް ހަވާލުކުރެވުނު މަސައްކަތެއް
މި ކޮންސަލްޓެންސީގެ ދަށުން ޓްރާންސްޝިޕްމަންޓް ބަނދަރުތައް ގާއިމްކުރަން އެންމެ އެކަށޭނެ ސަރަހައްދުތައް ކަނޑައެޅޭނެ

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންޝިޕްމަންޓް ބަނދަރާއި ބައިނަލްއަގްވާމީ މެރިޓައިމްއާ ގުޅުންހުރި އެހެނިހެން ޚިދުމަތްތައް ޤާއިމްކުރުމުގެ ކޮންސަލްޓެންސީ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކޮށްފިއެވެ.

ބުރާސްފަތި ދުވަހު މި ކޮންޓްރެކްޓް އެވޯޑް ކުރެވިފައިވަނީ މިކަމަށް ބީލަމަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ބީލަން ކާމިޔާބުކުރި ފަރާތްކަމަށްވާ, ނެދަރލެންޑްސްގެ އެމް.ޓީ.ބީ.އެސް އަދި ޑެންމާރކްގެ ނީރާސްގެ ޖޮއިންޓްވެންޗަރ އަކާ 860،626 (އަށްލައްކަ ފަސްދޮޅަސް ހާސް ހަސަތޭކަ ސައްބީސް) އެމެރިކާ ޑޮލަރަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ކޮންސެލްޓީސީގެ ދަށުން ޓްރާންޝިޕްމަންޓް ބަނދަރު ޤާއިމްކުރުމުގެ ޕީސިބިލިޓީ ބެލިގެންދާނެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އުތުރުން އިހަވަންދިއްޕޮޅާއި، ރާއްޖޭގެ ދެކުނުން ލާމު އަތޮޅާއި ހުވަދު އަތޮޅާއި ދެމެދުގައިވާ ހުވަދޫ ކަނޑާއި ކައިރިން މިކަމަށް އެންމެ އެކަށޭނެ ތަންތަނެވެ.

Advertisement

މީގެ އިތުރުން ބަންކަރިންގ، ބޯޓުފަހަރު މަރާމާތުކުރުން އަދި ބޯޓުފަހަރަށް ސަޕްލައި ކުރުމަށް އަމާޒުކޮށްގެން ހިތަދޫ ބައިނަލްއަގްވާމީ ބަނދަރު ތަރައްޤީ ކުރުމުގެ ފީސިބިލިޓީވެސް ބެލިގެންދާނެއެވެ. އަދި ފީސިބިލިޓީއަށް ބިނާކޮށް މަޝްރޫޢު ކުރިއަށް ގެންދާނެ ގޮތާއި ބެހޭ ދިރާސާތައް ކުރެވިގެންދާނެ އެވެ.

ސަރުކާރުގެ އަމާޒަކީ މި ކޮންސަލްޓެންސީގެ ދަށުން ހެދޭ ދިރާސާތަކުގެ އަލީގައި މި މަޝްރޫއު ކާމިޔާބު ކަމާއި އެކު ތަންފީޒް ކުރުމެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދު ޑައިވަރސިފައި ކުރެވި، ދިގު މުއްދަތަށް ދެމިގެންދާނެ އިންގިލާބީ ހެޔޮ ބަދަލުތަކެއް ރާއްޖޭގެ އިގްތިސާދަށް ގެނައުން ކަމަށާއި އަދި މާލެ ސަރަހައްދު ނޫން އެހެނިހެން ސަރަހައްދުތައްވެސް ތަރައްޤީވުމަށް މަގުފަހިވެ، ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އެދެވޭ ހެޔޮ ބަދަލުތައް އައުން ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް