Advertisement
ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 17:11
ރައީސް މައުމޫން
ރައީސް މައުމޫން
ޝުއައިބް މުހައްމަދު އިގްބާލް
ރައީސް މައުމޫން އަބްދުލްގައްޔޫމް
އެމްޑީއެން އުވާލުމުން މައުމޫނަށް ބޮޑު ހިތްހަމަ ޖެހުމެއް
އެމްޑީއެން އުވާލާފައިވަނީ ޖަވާބުދާރީވުމަށް 45 ދިނުމަށް ފަހު
އެ ޖަމްއިއްޔާ އުވާނުލައިގެން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވި
ރައީސަށް ޝުުކުރު އަދާކުރެއްވި

ދީނަށް ފުރުއްސާރަކޮށް ރިޕޯޓު ލިޔުނު މޯލްޑިވްސް ޑިމޮކްރެސީ ނެޓްވާރކް(އެމްޑީއެން) އުވާލުމުން އެކަމާއި ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެންނަވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ޖަމްޢިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޔޫތް މިނިސްޓްރީން އެމްޑީއެން ރަސްމީކޮށް އުވާލިކަން އިޢުލާންކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.

Advertisement

އެކަމާއި އުފާފާޅުކޮށް ސަރުކާރު ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ މައުމޫން ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ އެ ޖަމްޢިއްޔާ އުވާލާފައިވާތީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފަށް ޝުކުރު އަދާކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީއެން އުވާލުމަކީ އިސްލާމްދީނަށާއި ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަށް ލޯބިކުރާ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

އެމްޑީއެނުން ދީނަށް ފުރުއްސާރަ ކޮށްފައިވަނީ ރާއްޖޭގައި ހައްދު ފަހަނައަޅާފައި ގޮސްފައިވާ މިންވަރު ބެލުމަށް ތައްޔާރު ކުރި ރިޕޯޓެއްގައެވެ. ރިޕޯޓަކީ މީގެ އަހަރުތަކެއް ކުރިން ލިޔުނު ރިޕޯޓަކަށްވިޔަސް އެކަން ފެންމަތިވީ މި އަހަރުގެ ތެރޭގައެވެ. އެކަމާއި ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެ އެކަމުގައި ޝަމިލްވާ ފަރާރްްތައް ހައްޔަރުކުރުމަށް އެކި ފަރާތްތަތަކުން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް