ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 15:52
މިނަމީނޯ
މިނަމީނޯ
ގެޓީ އިމޭޖަސް
ލިވަރޕޫލް
ސެލްޒްބާރގް އަށް ކުޅެމުން އަންނަ މިނަމީނޯގެ ސޮއި ލިވަރޕޫލުން ހޯދައިފި
މިނަމީނޯ އަންނަނީ ސެލްޒްބާރގް އާއި އެކު މޮޅަށް ކުޅެމުން

ސެލްޒްބާރގަށް ކުޅެމުން އަންނަ ޖަޕާނުގެ ޒުވާން ފޯވަރޑް ޓަކުމީ މިނަމިނޯގެ ސޮއި ޔޫރަޕުގެ ޗެމްޕިއަން ލިވަރޕޫލުން ހޯދައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުންނަމަ، ދާދިފަހުން މީޑިއާ އަށް ދިން ބަޔާނެއްގައި މިނަމިނޯ ބުނެފައިވަނީ ލިވަރޕޫލަށް ކުޅުން އެއީ އޭނާގެ ހުވަފެނެއް ކަމަށާއި ޕްރިމިއަރ ލީގު ކްލަބަކަށް ކުޅުން އެއީ އޭނާގެ ކެރިޔަރަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. ޕްރިމިއަރ ލީގަކީ ދުނިޔޭގައި މި ވަގުތު އޮތް އެންމެ ވަރުގަދަ އެއް ލީގު ކަމަށް ބުނަމުން މިނަމިނޯ ބުނީ ޕްރިމިއަރ ލީގުގައި ވާދަކުރަނީ އެއް ލެވަލްއެއްގެ ޓީމުތައް ކަމަށެވެ.

ލިވަރޕޫލް ފަދަ ބޮޑު ކްލަބަކުން އޭނާގެ ސޮއި ހޯދަން މަސައްކަތް ކޮށްފާނެ ކަމަށް ދުވަހަކުވެސް އުންމީދު ނުކުރާ ކަމަށާއި އެހެން ކަމުން ލިވަރޕޫލަށް ކުޅެން ލިބޭ ފުރުސަތު ނަގައި ނުލާނެ ކަމަށް ވެސް މިނަމިނޯ ބުންޏެވެ.

ޖަޕާނުގެ ޤައުމީ ޓީމަށް ކުޅެމުން އަންނަ އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ވިއްކާލުމަށް ސެލްޒްބާރގުން ކަނޑައަޅައިފައިވާ އަގަކީ 7.5 މިލިއަން ޕައުންޑެވެ. މިނަމީނޯ ވަނީ މި ސީޒަނުގައި ސެލްޒްބާރގަށް ޖުމުލަ 9 ގޯލު ޖަހައިދީ، ކުޅުން 22 މެޗުން 11 އެސިސްޓް ކާމިޔާބު ކޮށްދީފައެވެ.

އޭނާ ވަނީ އޮކްޓޯބަރ މަހު ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ލިވަރޕޫލާއި ދެކޮޅަށް އެންފީލްޑްގައި ކުޅުނުމެޗުގައި ކުޅެފައެވެ. މިމެޗުން ލިވަރޕޫލް ބަލިވީ 3-4 ގެ ނަތީޖާއަކުންނެވެ. 10 ޑިސެމްބަރ ގައި ސެލްޒްބާރގްގައި ކުޅުނު މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލިވަޕޫލްއިން ވަނީ މުބާރާތުގެ ފަހު 16ގައި ޖާގަ ކަށަވަރުކޮށް ސްޕެނިޝް ސައިޑް އެތްލެޓިކޯ މެޑްރިޑާ ކުރިމަތިލާން ޖެހިފައެވެ.

މި ސީޒަންގައި ލިވަރޕޫލާއި ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅުނު ނަމަވެސް، ޔޫރަޕިއަން ޗެމްޕިއަންސްގައި މުބާރާތުގެ ނޮކް އައުޓް ސްޓޭޖުގައި ކުޅުމަށް އޭނާ ވަނީ މިދިޔަ އަހަރު ޔޫއެފާ އިން ބަދަލުކުރި ގަވާއިދުގެ ސަބަބުން ކުޅުވޭ ގޮތްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް