Advertisement
ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 13:41
48 ރަށުގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ބޭނުންކުރަން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ވާހަކަފުޅު ދައްކަވަނީ
48 ރަށުގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ބޭނުންކުރަން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ވާހަކަފުޅު ދައްކަވަނީ
ޔޫސުފް ސޮފްވާން ރަޝީދު
އިރުގެ އަލިން ހަކަތަ އުފެއްދުން
އިރުގެ އަލިން ހަކަތަ އުފައްދާނަމަ ޑީސަލަށްވުރެ 140 އިންސައްތަ އަގުހެޔޮ: މިނިސްޓަރ
މި މަޝްރޫއަކީ ހަކަތައިގެ ދާއިރާގެ މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝްރޫއު
48 ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމުތައް ވަނީ ޤާއިމުކޮށްފައި
މިއީ މިނިސްޓްރީއާއި އޭޑީބީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެއް

އިރުގެ އަލިން ކަރަންޓު އުފައްދާނަމަ ޑީސަލް އަންދައިގެން ކަރަންޓު އުފެއްދުމަށްވުރެ 140 އިންސައްތަ އަގުހެޔޮކަމަށް އެންވަޔަރމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 48 ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމުތައް ޤާއިމުކޮށް ބޭނުންކުރަން ފެށުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ހޮޓެލް ޖެންގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ހަކަތަ ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަަމަށާއި، އޭގެ ސަބަބުން އިޤްތިޞާދަށްވެސް އަސަރުކުރާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ސަބްސިޑީގެ ގޮތުގައިވެސް ކޮންމެ ކިލޯވޯލްޓަކަށް މަދުވެގެން 3.70 ރުފިޔާ ޚަރަދުވާ ކަމަށާއި، ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރަންޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި ރާއްޖެއިން ލިބެން އޮތް އެންމެ ރަނގަޅު ވަޞީލަތަކީ އިރުގެ އަލިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

Advertisement

އެގޮތުން އިރުގެ އަލިން ކަރަންޓު އުފައްދާނަމަ ކިލޯވޯލްޓް/އަވަރ އަކަށް ޖެހޭ ވަރު ޑީސަލް އަންދައިގެން ކަރަންޓު އުފެއްދުމާއި އަޅާބަލާއިރު 140 އިންސައްތަ އަގުހެޔޮކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓްރީން ފެށި މި މަސައްކަތަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެއްގެ ދަށުން ކުރެވުނު މަސައްކަތެކެވެ.

މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 48 ރަށެއްގައި 7.5 މެގަވޮޓުގެ ހައިބްރިޑް ނިޒާމުތައް ޤާއިމުކޮށް ނިމިފައެވެ. މިއާއެކު މުޅި ރާއްޖޭގައި ޖުމުލަ އިއާދަކުރަނިވި ހަކަތަ ޤާއިމުކޮށްފައިވާ މިންވަރު ވަނީ 21.5 މެގަވޮޓަށް އިތުރުވެފައެވެ.

48 ރަށުގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ބޭނުންކުރަން ފެށުމުގެ ރަސްމިއްޔާތު

މި ރަސްމިއްޔާތުގައި އޭޑީބީގެ އޮފިޝަލުންގެ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން ވަނީ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ.

މިނިސްޓްރީގެ ފަރާތުން އޭޑީބީއަށް ހަނދާނީ ފިލައެއް އަރުވަނީ

މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ ގއ. ވިލިގިލި، ބ. ގޮއިދޫ، ތ. ބުރުނި، ޅ. ކުރެންދޫ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައާއި ހއ. އަތޮޅުގެ 14 ރަށް، ށ. އަތޮޅުގެ 13 ރަށް އަދި ނ. އަތޮޅުގެ 13 ރަށުގައި ހައިބްރިޑް ނިޒާމުތައް ޤާއިމުކޮށްފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން އޭޑީބީގެ މަންދޫބުންނާއި، ޕްލޭނިންގް މިނިސްޓަރ މުޙައްމަދު އަސްލަމް އަދި ފެނަަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

48 ރަށުގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ބޭނުންކުރަން ފެށުމުގެ ރަސްމިއްޔާތު

އޭގެއިތުރުން، 2021 ވަނަ އަހަރުގެ ނިޔަލަށް ހދ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ގއ، ގދ އަދި ސ އަތޮޅުގައި އިތުރު 25 މެގަވޮޓުގެ ނިޒާމުތައް ގާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި 2023 ވަނަ އަހަރުގެ ނިޔަލަށް 2018 ވަނަ އަހަރު ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ޤާއިމުކޮށްފައިވާ އިންސައްތައަށްވުރެ، 20 އިންސައްތަ އުތުރަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ކަނޑައަޅާފައިވާއިރު، މި މަޝްރޫޢުގެ ސަބަބުން މި ލަނޑުދަނޑިތައްޙާޞިލުކުރުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
19 ޑިސެންބަރ 2019 | ބުރާސްފަތި 14:13
މަރިޔަމް ވަހީދާ
ދެން ކީއްވެތަ އެކަން ނުކޮށްގެން ތި އުޅެނީ!