Advertisement
ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 13:11
ރައީސް ސޯލިހުއަށް ކައްދޫ އެއަރޕޯޓުގައި ވަނީ ކުލަ ގަދަ މަރުހަބާއެއް ކިޔާފަ
ރައީސް ސޯލިހުއަށް ކައްދޫ އެއަރޕޯޓުގައި ވަނީ ކުލަ ގަދަ މަރުހަބާއެއް ކިޔާފަ
ރައީސް އޮފީސް
ރައީސް ސޯލިހު
ރައީސް ހައްދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުު ފައްޓަވައިފި
ރައީސަށް ހޫނު މަރުހަބާއެއް ކިޔާފައިވޭ
ރައީސް އާއި އެކު ދައުލަތުގެ 3 ވަޒީރެއް ވައިވެރިވޭ
ރަސްމިއްޔާތު އޮންނާނީ މިއަދު 16:00 ގައި ލ. ހިތަދޫ ސްކޫލުގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހައްދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފިއެވެ.

އެމަނިކުފާނު ކައްދޫ އެއަރޕޯޓަށް ވަޑައިގެންފައިވަނީ ހެނދުނުގެ ވަގުތެއްގައެެވެ. ރައީސް ޞާލިޙަށް ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، މަރުޙަބާ ކިޔާފައިވަނީ ވަރަށް ޘަޤާފީ ގޮތަކަށެވެ. އެގޮތުން ލ. އަތޮޅުގެ ގިނަ ރައްޔިތުންތަކެއް ރައީސަށް މަރުޙަބާ ދެންނެވުމަށް އެއަރޕޯޓަށް ގޮސް ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.

ރައީސް ޞާލިޙު ލ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މިދަތުރުފުޅުގައި ލ. ހިތަދޫ ޞިއްޙީ މަރުކަޒުގައި ޚިދުމަތް ދޭން ފެށިތާ 50 އަހަރު ފުރުމާއި ގުޅިގެން ބާއްވާ ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތު ދަޢުލަތުގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީނާއި އިކޮނޮމިކް މިިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އިތުރުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ބައިވެރިވެވަޑައިގަންނަވައެވެ.

މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު 16:00 ގައި ލ. ހިތަދޫ ސްކޫލްގައެވެ.

Advertisement

ހިތަދޫގައި ޞިއްޙީ ހިދުމަތް ފަށާފައިވަނީ 1969 ޑިސެންބަރ 1 ވަނަ ދުވަހު ހެލްތު ސެންޓަރެއްގެ ގޮތުގައެވެ. ހެލްތު މިނިސްޓްރީން ބުނީ މީގެ 50 އަހަރު ކުރިން، ހައްދުންމަތީގައި މުޅިން އަލަށް ސިއްޙީ ޚިދުމަތް ފެށިގެންދިޔައީ އެންމެ ހެލްތު އެސިސްޓެންޓަކާއެކު އެ ހެލްތް ސެންޓަރުގައިކަމަށެވެ.

ހެލްތު ސެންޓަރަށް ފުރަތަމަ ޑޮކްޓަރެއްގެ ޚިދުމަތް 9 ޖޫން 1997 ގައި ފެށުނުއިރު މިހާރު ހިތަދޫ ޞިއްޙީ މަރުކަޒަކީ، 29 މުވައްޒަފުންނާއެކު 24 ގަޑިއިރަށް ޚިދުމަތް ދެމުން ގެންދާ ލެވެލް 3 ގެ ޞިއްޙީ މަރުކަޒެކެވެ.

ރައީސް ލ. އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި ހިތަދޫގެ އިތުރުން ލ. ގަމާއި ފޮނަދުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެރަށްރަށުގެ ކައުންސިލްތަކާއި، މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް