Advertisement
ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 08:56
އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން
އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން
ޝުއައިބް މުހައްމަދު އިގްބާލް
ސޯލާ ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމް
48 ރަށެއްގައި ޤާއިމުކޮށްފައިވާ ސޯލަރ ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމް ބޭނުން ކުރަން ފަށަނީ
ސޯލާ ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމް ބޭނުން ކުރަން ފެށުމުގެ ރަސްމިއްޔާތު އޮންނާނީ ބުރާސްފަތި ދުވަހުގެ 10:00 ހެނދުނު ޖަހާއިރު
މި ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް އަދި މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވާހަކަފުޅު ދައްކަވާނެ
މި މަޝްރޫއަކީ ހަކަތައިގެ ދާއިރާގެ މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝްރޫ

48 ރަށެއްގައި ޤާއިމުކޮށްފައިވާ ސޯލާ ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމް ބޭނުން ކުރަން ފަށަން އެންވަޔަރަމަންޓް މިނިސްޓްރީން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އަދި މިނިސްޓަރު އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް އަދި މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވާހަކަފުޅު ދައްކަވާނެއެވެ.

48 ރަށުގައި އިއާދަކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ކުރިއަށްގެންދާ "ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް" މަޝްރޫޢުގެ ދަށުން ކުރެވުނު މަސައްކަތެކެވެ.

މީހުން ދިރިއުޅޭ 160 ރަށަށް އަމާޒުކޮށްގެން ކުރިއަށްގެންދެވޭ މި މަޝްރޫޢަކީ ހަކަތައިގެ ދާއިރާގެ މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން ރަށްރަށުގައި ސޯލަރ ޕީވީ، ބެޓެރީ، ޑީސަލް ޖެނެރޭޓަރު އަދި އެނަރޖީ މެނޭޖްމަންޓް ސިސްޓަމް ހިމެނޭ ހައިބްރިޑް ނިޒާމުތައް ވަނީ ޤާއިމުކުރެވިފައެވެ. މި ނިޒާމުތަކުން އުފައްދާ ކަރަންޓު އިސްރާފުވެގެންދާ މިންވަރު ކުޑަކުރުމަށްޓަކައި ރަށްރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުން ވެސް ހިމެނެއެވެ.

Advertisement

2021 ވަނަ އަހަރުގެ ނިޔަލަށް ހދ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ގއ، ގދ އަދި ސ އަތޮޅުގައި އިތުރު 25 މެގަވޮޓުގެ ނިޒާމުތައް ގާއިމުކުރެވޭނެއެވެ.

މި މަޝްރޫއުގެ ދަށުން މިހާތަނަށްވަނީ 48 ރަށެއްގައި 7.5 މެގަވޮޓުގެ ހައިބްރިޑް ނިޒާމުތައް ޤާއިމުކޮށް ނިމިފައެވެ. މިއާއެކު މުޅި ރާއްޖޭގައި ޖުމުލަ އިއާދަކުރަނިވި ހަކަތަ ޤާއިމުކޮށްފައިވާ މިންވަރު ވަނީ 21.5 މެގަވޮޓަށް އިތުރުވެފައެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް ވަނީ ގއ. ވިލިގިލި، ބ.ގޮއިދޫ، ތ.ބުރުނި، ޅ.ކުރެންދޫ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައާއި ހއ.އަތޮޅުގެ 14 ރަށް، ށ.އަތޮޅުގެ 13 ރަށް އަދި ނ.އަތޮޅުގެ 13 ރަށުގައި ހައިބްރިޑް ނިޒާމުތައް ޤާއިމުކޮށްފައެވެ.

ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި 2023 ވަނަ އަހަރުގެ ނިޔަލަށް 2018 ވަނަ އަހަރު ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ޤާއިމުކޮށްފައިވާ އިންސައްތައަށްވުރެ، 20 އިންސައްތަ އުތުރަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މި މަޝްރޫއުގެ ސަބަބުން މި ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް