Advertisement
ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 08:52
ބްރޮޑްކޮމްގެ ރައީސް ސަރުކާރުން ބޭއްވި \'\'ބުރަބީ\'\' ޖަލްސާ ހުށައަޅުއްވައިދެއްވަނީ
ބްރޮޑްކޮމްގެ ރައީސް ސަރުކާރުން ބޭއްވި ''ބުރަބީ'' ޖަލްސާ ހުށައަޅުއްވައިދެއްވަނީ
ރާއްޖެއެމްވީ
މެމްބަރު ރޮޒެއިނާ
ބްރޯޑްކޮމްގެ ރައީސްގެ މައްސަލަ ކޮމެޓީން ބަލާނެ: މެންބަރު ރޮޒެއިނާ
މަޖިލިސް ހުޅުވުމުން މިމައްސަލަ ބަލާނެ
ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ
ބްރޯޑްކޮމްގެ ރައީސް ހުށައެޅުއްވީ ޓޫރިޒަމް މިނިސްޓްރީގެ ހަފްލާއެއް

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސް މަރިޔަމް ވަހީދާ ސަރުކާރުގެ އިވެންޓެއް ހުށައެޅި މައްސަލަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާއާ ބެހޭ ކޮމެޓީން ބަލަން ނިންމައިފިއެވެ.

އަންގާރަ ދުވަހު ޓޫރިޒަމް މިނިސްޓްރީން އަލަށް ފަތުރުވެރިކަމަށް ރަށްތައް އިޢުލާން ކުރުމަށް ދަރުބާރުގޭގައި ބޭއްވި "ބުރަބި" ޖަލްސާ މަރިޔަމް ވަހީދާ ހުށައަޅާދެއްވުމުން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ ޢަމާޒުވެފައެވެ.

Advertisement

މިމައްސަލައާ ގުޅިގެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުޤައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ޗުއްޓީއަށް ފަހު މަޖިލިސް ހުޅުވުމުން މިމައްސަލަ ކޮމެޓީން ބަލާނެ ކަމަށެވެ. މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިވަން މުއައްސަސާ ކޮމެޓީން ފަސް ޖެހުމެއް ނެތި ކުރަމުންގެންދާނެ ކަމަށް މެންބަރު ރޮޒެއިނާ ވިދާޅުވިއެވެ.

މަރިޔަމް ވަހީދާ ޝޯވ ހުށައަޅާދެއްވާފައިވާތީ އެ ކޮމިޝަނުގެ މިނިވަންކަމާއި މެދު ސުވާލު އުފެދޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.

މަރިޔަމް ވަހީދާއަކީ ދާދި ފަހުން ބްރޮޑްކާސްޓިންގ ކޮމިޝަނަށް ޢައްޔަނުކުރި ތިން މެންބަރުންގެ ތެރެއިން އެއް ބޭފުޅެކެވެ. މަރިޔަމް ވަހީދާއަކީ ގިނަ ދުވަސްތަކެއް ވަންދެން މީޑިއާގައި މަސައްކަތްކުރައްވާފައިވާ، އަދި ގިނަ ޝޯތަކެއް ހޯސްޓް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް