ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 09:04
ސިޓީގެ ކޯޗު ގާޑިއޯލާ
ސިޓީގެ ކޯޗު ގާޑިއޯލާ
ގެޓީ އިމޭޖަސް
މެންޗެސްޓާ ސިޓީ
ސިޓީގެ އެސިސްޓެންޓް ކޯޗު އާސެނަލް އަށް!
އެސިސްޓެންޓް ކޯޗު މައިކަލް އާސެނަލް އަށް ބަދަލުވާން އުޅޭ ކަމުގެ އަޑު ވަނީ ގަދަ ވެފަ

ސިޓީގެ އެސިސްޓެންޓް ކޯޗު އާސެނަލް އަށް ބަދަލުވުމާއި މެދު އަވަހަށް ގޮތެއް ނިންމުމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މިކެލް އާޓެޓާ ވަނީ އޭނާ އާސެނަލް އިން ފެނިދާނެ ކަމުގެ އިޝާރާތެއް ދާދި ފަހުން ދީފައެވެ. މި ކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ އޭނާގެ އެސިސްޓެންޓް އަޓެޓާ އާސެނަލްގެ ކޯޗު ކަމާއި ހަވާލުވާން އުޅޭ ކަމުގެ އަޑުތައް މީސް މީޑިއާގައި ގަދަވެފައިވާ ކަމަށާއި މައިކަލް އާސެނަލް އަށް ބަދަލުވާން ބޭނުންނަމަ އޭނާއަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ އޭނާއަކީ އަބަދުވެސް އަމިއްލަ މިނިވަންކަމާއެކު އެބައެއްގެ ދިރިއުޅުން ބިނާކުރުމަށް ފުރުސަތުދޭ މީހެއްކަމަށެވެ. ސަބަބަކީ އެއީ އެވަގުތު އެމީހަކަށް އެމީހެއްގެ އަމިއްލަ ނަފުސަށާއި، އަމިއްލަ ދިރިއުޅުމަށާއި، އާއިލާއަށާއި އަދި ޕްރޮފެޝަނަލް ގޮތުންވެސް އެމީހަކު އެންމެ ބޭނުންވާ ގޮތްކަމަށް ވެދާނެތީއެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ ވޭތުވެދިޔަ 20 އަހަރު އާސެނަލް ހިމެނިފައިވަނީ އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި ކަމާށެވެ. އަދި އާސެން ވެންގާ އެ ކްލަބް މުޅިން އައު ހަރުފަތަކަށް ގެންގޮސްދޭން މަސައްކަތްކުރި ނަމަވެސް، ފަހަކަށް އައިސް އެ ކްލަބަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް އޭނާ ބުންޏެވެ.

ސިޓީގެ ހާލަތާއި މެދު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ކްލަބުން މެނޭޖަރު ބަދަލުކުރަން ނުވަތަ ކުޅުންތެރިއެއް ގަންނަން ނިންމާ ނިންމުމަކީ އަބަދުވެސް ކުރިއަށްވުރެ ކްލަބުގެ ރަނގަޅުކުރުމުގެ ގޮތުން ނިންމާ ނިންމުމެއްކަމަށެވެ. އެހެން ނަމަވެސް އެކަން ނިމިގެންދާނެގޮތެއް ނޭނގޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
20 ޑިސެންބަރ 2019 | ހުކުރު 20:10
ސޮން
މައިކަލް އާޓެޓާ އެއް ނޫން، މިކެލް އާޓެޓާ