Advertisement
ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 11:23
ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން
ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން
ރާއްޖެއެމްވީ
ފުލުހުން
ދަތުރުފަތުރުގެ ޤާނޫނަށް ގެނެވޭ އިސްލާހުތަކުގެ ތެރެއިން ރަނގަޅު ބަދަލުތަކެއް ފެންނާނެ: ފުލުހުން
ތަކުރާރުކޮށް ޖޫރިމަނާކުރާ ފަރާތްތަކުން ފައިސާ ނުދައްކާ ވެހިކަލް ދުއްވާ
ގާނޫނާ ގަވާއިދަށް އަމަލުކުރަންޖެހޭ
ފުލުހުން ކުރާ މަސައްކަތްތަކަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ

ދަތުރުފަތުގެ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކުގެ ތެރެއިން ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް، މުހައްމަދު ނައީމް ވިދާޅުވީ ޓްރެފިކް ދަތުރުފަތުގެ ޤާނޫނަށް އިޞްލާޙެއް ގެނައުމަށް މިހާރު ފޮނުވާފައިވާ ކަމަށާއި، އުންމީދުކުރަނީ މި އިޞްލާޙު އަންނައިރު ރައްޔިތުންނާއި، ފުލުހުންގެ މުއައްސަސާގެ މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ރަނގަޅު ބަދަލުތަކަކާއެކު، ރަނގަޅު ޙައްލެއް ލިބޭނެ ކަމަށެވެ.

ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވުމާއި، ޕާކް ކުރުން މަނާ ޞަރަޙައްދުތަކުގައި ޕާކުކޮށްގެން ޖޫރިމަނާކުރާ މައްސަލަތަކަށް އަލިއަޅުއްވާލައްވާ ނައީމް ވިދާޅުވީ ތަކުރާރުކޮށް ޖޫރިމަނާ ކުރެވި، ބޮޑެތި ޢަދަދުތަކުން ފައިސާ ދައްކަން ޖެހޭ ފަރާތްތައް އެފައިސާ ނުދައްކާ ވެހިކަލް ދުއްވާ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް ޤާނޫނަށް މިގެނެވޭ އިޞްލާޙެއެކު، މިފަދަ މައްސަލަތަކަށް ވެސް ޙައްލު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ނައީމް ވިދާޅުވިއެވެ.

Advertisement

މަގުމަތިން ފެންނަ މައްސަލަތަކަށް އަލިއަޅުއްވާލައްވާ ނައީމް ވިދާޅުވީ ޤަވާއިދާ ޚިލާފަށް މިޕާކުކުރާ ޕާކްކުރުމާއި، ކަންފަތަށް ހެޑްސެޓް ޖަހައިގެން ވެހިކަލް ދުއްވުމުގެ އިތުރުން ބާރަށް ވެހިކަލް ދުއްވާ މައްސަލަތައް ގިނަ ކަމަށެވެ. މިކަމުގެ ސަބަބުން އުދަނގުލާއި، ނުރައްކާ މަގުމަތި ބޭނުންކުރާ އެހެން ފަރާތްތަކަށް ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވެހިކަލް ދުއްވުމަށް ނަގާ ލައިސެންސްއަށް އަލިއަޅުއްވާލައްވާ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް، އަހުމަދު މުހައްމަދު ވިދާޅުވީ ލައިސަންސްގެ ޓެސްޓުން ފާސްވުމުން ނިމުނީ ނޫން ކަމަށާއި، އެއަށް ޢަމަލުކުރަން ޖެހޭ ކަމަށެވެ.

އަމިއްލަ ފަރުދީ ޒިންމާތަކެއް ވެސް އެބަ ޖެހޭ ނަގަން. ގިނަ ފަހަރު މިދިމާވާ މައްސަލައަކީ ކިތަންމެ ވަރަކަށް އަޅުގަނޑުމެން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ވެސް އެބަ ހިންގޭ. ތަކުރާރުކޮށް ކޮންމެ އަހަރަކު ވެސް އެތައް ޕްރޮގްރާމެއް އަޅުގަނޑުމެންނަށް ރައްޔިތުންނަށް އެވެއަރ ކުރުމަށް ހިންގޭ. ހިންގުނަށް އަމިއްލައަށް ފަރުދީ ޒިންމާ ނުނަގާ ކަމަށްވާނަމަ ޕްރޮގްރާމްތަކުގެ ބޭނުމެއް ނުހިފޭނެ. ކުރިއަށް އޮތްތާގައި ޕްރޮގްރާމްތައް ހިންގުމަށް ރޭވިފައިވޭ.
އަހުމަދު މުހައްމަދު- ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް

އަހުމަދު މުޙައްމަދު ވިދާޅުވީ މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކާއި، ދިމާވާ އެހެނިހެން މައްސަލަތައް ޙައްލުކުރުމަށް ފުލުހުން ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް