Advertisement
ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 00:36
ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން
ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން
މަޑުއްވަރީއޮންލައިން.ކޮމް
ފުލުހުން - ޓެރަރިޒަމް
ރ. މަޑުއްވަރީ: 13 އަހަރުގެ ކުއްޖެއް ބަލިވެ އިން އިތުރު މައްސަލައެއް، އަންހެން ކުދިން ސުކޫލަށްވެސް ނުފޮނުވާ!
ހައްޔަރުކުރި 4 މީހުންނަކީވެސް އެއްކޮށް ވަކި ޖަމާއަތް ހަދައި އުޅޭމީހުން
އެ މީހުންގެ ދަރިން ސުކޫލަށް ނުފޮނުވާތާ އެތަށް ދުވަހެއްވެފައިވޭ
އެއް ކުއްޖަކާއި ދެއައިންބަށް ކައިވެނިކޮށްގެންއުޅޭކަމަށް ތުހުމަތުކުރެވޭ

ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ މީހުން ހޯދުމަށް ފުލުހުންނާއި ޤައުމީ ދިފާއީ ބާރާއި ގުޅިގެން ހިންގަމުންދާ އޮޕަރޭޝަންގައި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން އެކަކުގެ 13 އަހަރުގެ އަންހެން ދަރިއެއް ބަލިވެ އިންކަމަށާއި ޖެންޑަރ މިނިސްޓްރީގެ ޓީމެއް އެ ރަށުގައި މިހާރުވެސް ހަރަކާތްތެރިވެ، އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންގޮށް ޓެސްޓް ހެދާފައިވާކަމަށް ރާއްޖެއެމްވީއަށް ކަށަވަރުވެއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް މައުލޫމާތުދީފައިވާގޮތުގައި ބުދަ ދުވަހު ފުލުހުންނާއި ސިފައިން ރ. މަޑުއްވަރީގައި ހިންގި ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް 4 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ 4 މީހުންނަކީވެސް ރަށުގެ ރައްޔިތުންނާއި ވަރަށް އެކަހެރިކޮށް ވަކި ޖަމާއަތް ހަދައިގެން އުޅޭ ބައެއްކަމުގައި ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރެވުނު 4 މީހުންނަކީވެސް އެއް ދޯންޏެއްގައި މަސައްކަތްކުރާ ބައެކެވެ.

Advertisement

ރާއްޖެއެމްވީއަށް މައުލޫމާތުލިބިފައިވާ ގޮތުގައި، މި 4 މީހުންވެސް ހުފި ލަނޑާނެގުމުގައި އެއް ދޯންޏެއްގައި މަސައްކަތްކުރާއިރު ދޯނީގައި ހުފި ލަނޑާނެގުމަށް ކަމަށް ބުނެ ކުރާ ދަތުރުތައް ނިންމާލަނީ ކައިރި ރަށްރަށުގެ ބަނދަރުންނެވެ. އެ ފަރާތުން ބުނެފައިވަނީ، ހުފި ލަނޑާ ނެގުމުގެ ނަމުގައި މަސައްކަތްކުރަނީ ކައިރީ ރަށްރަށް ގޮސް ދޯނި ބަނދަރުކުރުމަށްފަހު ހަރުކަށި ވިސްނުން ފެތުރުމަށެވެ. މިކަން ކައިރި ރަށްރަށުގެ މީހުންވެސް އެކި ފަހަރުމަތިން ބުނެފައިވާކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތުން ވަނީ ކަށަވަރުކޮށްދީފައެވެ.

ހައްޔަރުކުރި މީޙުންގެ ތެރެއިން އެކަކުގެ 13 އަހަރުގެ ދަރިއަކު ބަލިވެ އިން ކަމުގެ ތުހުމަތު:

ހައްޔަރުކޮށްފައިވާ 3 މީހުންގެ ތެރެއިން އެކަކު 5 ދަރިން ތިބޭ ކަމަށް މައުލޫމާތުލިބެއެވެ. އޭގެތެރޭގައި އެމީހާގެ އެންމެ ދޮށީ ދަރި، 13 އަހަރުގެ ކުއްޖާގެ މައުލޫމާތު ހިއްސާކުރަމުން އެ ފަރާތުން ބުނެފައިވަނީ މި އަހަރުގެ ކުރީ ކޮޅު އެ ކުއްޖާއަކީ ގަވާއިދުން ސްކޫލަށްވެސް ފޮނުވާ ކުއްޖެއްކަމަށެވެ. ނަމަވެސް ވަކި ހިސާބުން ސްކޫލަށް ދިއުން ހުއްޓާލުމާއި ގުޅިގެން އެ ސްކޫލުގެ ފަރާތުން ސްކޫލަށް ނުދަނީ ކީއްވެތޯ ބެލުމަށް އެގެއަށް ދިޔަކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އަދި އެ ކުއްޖާ ސްކޫލަށް ދާން ބޭނުންނުވާކަމަށް ސްކޫލުން ދިޔަ ފަރާތްތަކުގެ ގާތުގައި ބުނެފައިވާކަމަށްވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާއަކީ ގެއިން ބޭރަށްވެސް ނިކުންނަ ކުއްޖެއްނޫނެވެ. ފެންނަނީ ގެކައިރި ސަރަހައްދުން މަދު ފަހަރެއްގައެވެ. ސްކޫލަށް ނުގޮސް މާގިނަ ދުވަހެއް ނުވަނީސް އެ ކުއްޖާ ފެނުނު އިރު ދެން ހުރީ މޫނު ބުރުގާ އަޅުވާފައިކަމަށް މައުލޫމާތު ލިބެއެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާގޮތުގައި އެ ކުއްޖާ އުޅެނީ ކޯޓުން ބޭރުން އެ ރަށުގެ މީހަކާ ދެއައިންބަށް ކައިވެނިކޮށްގެނެވެ. އަދި މި މައުލޫމާތާއެކު ކުއްޖާ ބަލިވެ އިންކަމުގެ މައުލޫމާތު ފެތުރިފައިވާކަމަށާއި ޖެންޑާރ މިނިސްޓްރީގެ ޓީމަކުން ބުދަ ދުވަހުގެ ވަގުތެއްގައި ކުއްޖާއާއި ސުވާލުކޮށް އެރަށު ސިއްހީ މަރުކަޒެއްގައި އެކަން ކަށަވަރުކުރުމަށް އިތުރު ޓެސްޓް ހަދާފައިވާކަމަށްވެސްވެއެވެ.

އެ އާއިލާގައި 5 ކުދިން ތިބޭ އިރު، މި އަންހެން ކުއްޖާއަކީ އެންމެ ދޮށީ ކުއްޖާއެވެ. 4 އަންހެން ކުއްޖަކާއި 1 ފިރހެން ކުއްޖަކު އާއިލާގައި ހިމެނޭއިރު ދޮށީ ދަރި ފިޔަވައި ހުރިހާ ކުދިންވެސް ސްކޫލަށް ފޮނުވާކަމަށް މައުލޫމާތު ލިބެއެވެ.

4 މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިންް 3 މީހުންނަކީ ރ. މަޑުއްވަރިއަށް ނިސްބަތްވާ މީހުންނެވެ. އިތުރަށް ހައްޔަރުކޮށްފައިވަނީ އެ ރަށަށް ނިސްބަތްވާމީހެއް ނޫންނަމަވެސް އެ ރަށުގެ މީހަކާ އިނދެގެން އުޅޭ މީހެކެވެ. މިހާތަނަށް ލިބިފައިވާ ބައެއް މަައުލޫމާތުތަކަށް ބަލާއިރު، ހައްޔަރުކުރެވުނު މީހުންގެ ތެރެއިން އިތުރު މީހެއްވެސް އެ މީހާގެ އަންހެން ދަރިއެއް ސްކޫލަކަށް ނުފޮނުވައެވެ. 2 ކުދިން އެމީހާގެ ތިބޭއިރު ސްކޫލަށް ފޮނުވަނީ ހަމައެކަނި ފިރިހެން ކުއްޖާއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތިތަށް ކަށަވަރުކޮށްދިން ފަރާތުން ބުނެފައިވަނީ މި މީހުން ކޯޓުން ކުރާ ކައިވެނި ގަބޫލުނުކުރާކަމަށާއި ކައިވެނި ކުރަނީވެސް އަމިއްލައަށް އެ ޖަމާއަތުންކަމަށެވެ. އަދި ރަށުގެ ބައެއް ރައްޔިތުންނަށްވެސް އެމީހުން ދަންވަރު ގަޑީގައި މަގުމަތީގައި ހަރަކާތްތެރިވާ މަންޒަރު ފެނިފައިވާކަމަށާއި ކައިރި ރަށްރަށުންވެސް މޫނު ބުރުގާ އަޅައިގެން ތިބޭ އަންހެނުންނާއި ފިރިހެން މީހުން ދަންވަރު ގަޑީގައި އެމީހުންނާއި ބައްދަލުކުރުމަށް ރަށްރަށަށް އަންކަމަށެވެ. އަދި އެ މީހުންގެ ތެރޭގައި އިތުރު މީހުންވެސް ހިމެނޭކަމަށް އެ ފަރާތުން ވަނީ ކަށަވަރުކޮށްދީފައެވެ.

ފުލުހުންގެ ފަރާތުން މިހާތަނަށް ކަށަވަރުކޮށްދީފައިވަނީ 3 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
20 ޑިސެންބަރ 2019 | ހުކުރު 00:52
މަަޑުއްވަރިސޮރު
13އގެއަންހެންކުއްޖާގެމައުލޫމާތުރަނގަޅެްްނޫން
19 ޑިސެންބަރ 2019 | ބުރާސްފަތި 13:55
ހުވަދޫ
މިހާރު ސުކޫލަށް ނުފޮނުވުމަކީ އާއްމު ކަމަކަށް ވެއްޖެ. ފުލުހުން އައްޑޫ އާއި ގދ. ހޯނޑެއްދޫ ބަލާ ޗެކްކުރުމަށް ވެސް ގޮވާލަން.
19 ޑިސެންބަރ 2019 | ބުރާސްފަތި 06:34
ޙަސަނު
ތިޔަހުރިހާކަމެއް ޤައުމީފެންވަރުގަ ހިންގަންފެށީ ޝަހީމް. ޢޭނާ ހިފާ ހައްުަރުކުރޭ.
19 ޑިސެންބަރ 2019 | ބުރާސްފަތި 02:35
ހިބަރު
ހަގީގަތް އޮޅޭގޮތައް ހަބަރުތައް ލިޔުނަސް އެކޮއެ ކާމިޔާބެއް ނެތް. އެކޮއެމެން ތިކުރަނީ ބޭކާރު ކަމެއް.. ގާނޫނު މަނާ ކުރިޔަސް ނުކުރިޔަސް ކަން ކުރާމީހުން ކަން ކުރާނެ. ގާނޫނައް ވުރެ ފުކެއް ބާރަށް ދުވާ ކުދިންކޮޅަކާ ތިއޮތީ ދިމާވެފަ.. ލަގޮނޑިއަށް އަސަރެއް ކޮއްލާނީ.. ސޭޑް..