Advertisement
ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 00:10
އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިމިގްރޭޝަން
އިމިގްރޭޝަން
އިމިގްރޭޝަންގެ ކޯލް ސެންޓަރުގެ ޚިދުމަތް ދޭން ފަށައިފި
މިޚިދުމަތް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ
އިމިގްރޭޝަނުން ދެމުންދާ ޚިދުމަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެ
އިމިގްރޭޝަންގެ ކޯލް ސެންޓަރުގެ ނަމްބަރަކީ 1434

މޯލްޑިވްސް އިމިގްރޭޝަންގެ ކޯލް ސެންޓަރުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ބުދަ ދުވަހު މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީއެވެ.

Advertisement

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ މާރިޔާ ވިދާޅުވީ މި ކޯލްސެންޓަރުގެ ޚިދުމަތްވެގެންދާނީ ރައްޔިތުންނަށް ފޯރުކޮށްދެވޭ މުހިއްމު ޚިދުމަތަކަށް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންށް ހަމަހަމަކަމާއި އެކު ޚިދުމަތް ލިބޭނެ ގޮތެއް ހޯދައިދިނުމަކީ މި ސަރުކާރުގެ އަމާޒުކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު ހުސައިން ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު އެކަށީގެންވާ ގޮތުގައި ނުލިބޭ ކަމުގެ ޝަކުވާ އަބަދުވެސް ލިބޭ ކަމަށާއި ނަމަވެސް މި ކޯލްސެންޓަރުގެ ސަބަބުން ރައްޔިތުންގެ އުދާސްތަކަށް ތަސައްލީއެއް ލިބިގެންދާނެ ކަމަށެވެ. އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އިމިގްރޭޝަންގެ މަޤުޞަދަކީ ރައްޔިތުންނާއި ގުޅިގެން ޒަމާނީ ވަސީލަތްތަކުގެ ބޭނުންކޮށްގެން، ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

އިމިގްރޭޝަން އިން ބުނީ މި ކޯލް ސެންޓަރު މެދުވެރިކޮށް، އިމިގްރޭޝަނުން ދެމުންދާ ޚިދުމަތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށެވެ. އެގޮތުން އިމިގްރޭޝަންގެ ކޯލް ސެންޓަރުގެ ނަމްބަރަކީ 1434 އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް