Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 23:02
ރ. މަޑުއްވަރީގައި ހިންގާ އޮޕަރޭޝަންގެ ތެރެއިން
ރ. މަޑުއްވަރީގައި ހިންގާ އޮޕަރޭޝަންގެ ތެރެއިން
މަޑުއްވަރީއޮންލައިން.ކޮމް
ޓެރަރިޒަމް
ފުލުހުންގެ އޮޕަރޭޝަން: ހަރުކަށި ފިކުރުގެ ބޮޑުންކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރި ދެވަނަ މީހާއަކީ 34 އަހަރުގެ ފިރިހެނެއް
ތިން ވަނަ މީހާއަކީ އުމުރުން 29 އަހަރުގެ ފިރިހެނެއް
ދާދި ފަހުން އެ ރަށުން އުމުރުން 13 އަހަރުގެ ކުއްޖަކު ކޯޓުން ބޭރުން ކައިވެނި ކޮށްގެން ދަރިއަކަށް ބަލިވެއިން މައްސަލަ އެއް ވަނީ ފެންމަތިވެފަ

ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ މީހުން ހޯދުމަށް ފުލުހުންނާއި ޤައުމީ ދިފާޢީ ބާރާއި ގުޅިގެން ހިންގަމުންދާ އޮޕަރޭޝަންގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއޮޕަރޭޝަންގައި ދެވަނަ މީހަކު ހައްޔަރުކޮށްފައިވަނީ ބުދަދުވަހުގެ އިރުއޮއްސި 18:04 ގައި ކަމަށެވެ. ހައްޔަރުކުރި ދެވަނަ މީހާއަކީ 34 އަހަރުގެ ފިރިހެނެއް ކަަމަށް ފުލުހުން ބުނެއެވެ. ތިން ވަނަ މީހާ ހައްޔަރު ކޮށްފައިވަނީ ބުދަ ދުވަހުގެ ރޭ 21:56 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. މި މީހާއަކީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ވަނީ ބުދަ ދުވަހު ޤައުމީ ދިފާޢީ ބާރާ ގުޅިގެން ރ. މަޑުއްވަރީގައި ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންދަން ފަށާފައެވެ. މިއޮޕަރޭޝަނުގައި ފުރަތަމަ ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.

އޮޕަރޭޝަނުގެ މަޢުލޫމާތު ހާމަކުރަމުން ފުލުހުން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ އެ އޮޕަރޭޝަނަކީ، އެ ރަށުގައި ހަރުކަށި ފިކުރު ފަަތުރައި ދައުލަތުގެ ޢާންމު ނިޒާމާއި އިންތިޒާމުތަކުން ބޭރުން ވަކި ޖަމާޢަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިން ޙައްޤުތަކުން މަޙުރޫމުކޮށް އެ ފަރާތްތަކަށް ނާޖާއިޒު ފައިދާނަގައި، އަންހެނުންނާއި، ކުޑަކުދިން މުޖުތަމަޢާއި ވަކިކޮށް ވެކްސިން ނުދީ، ތަޢުލީމު ޙާޞިލުކުރުމުން މަޙުރޫމުކޮށް، އަންހެންނާއި ކުޑަކުދިން ފުރާނާ އަށް ނުރައްކާތެރި ޙާލަތްތަކަށް ހުށައެޅިފައިވާތީ އެކަން ކުުރުމުގައި އިސްވެ ޙަރަކާތްތެރިވާ ފަރާތްތައް ހޯދަން ބަލައި ފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

ފުލުހުން ބުނީ، މަޑުއްވަރީގައި ޙަރަކާތްތެރިވާ ހަރުކަށި ފިކުރުތަކަށް ތާޢީދުކޮށް އެފަދަ އަމަލުތައް ފަތުރަން މަސައްކަތްކުރާ ފަރާތްތަކުން ޤަބޫލުކުރާ ކުރުމެއްގެ މައްޗަށް ބިނާކޮށް ޙައްޤަކާއި ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ޓެރަރިޒަމާއި ހައްދުފަހަނައަަޅާފައިވާ ޢަމަލުތައް ހިންގާ ޖަމާޢަތްތަކަށް ތާޢީދުކޮށް އެކަން ދިފާޢުކޮށް، އެފަދަ ކަންކަން ފަތުރަން މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ފުލުހުންނާއި ސިފައިން ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

Advertisement

މަޑުއްވަރީ ގައި ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް ހިންގަން ފަށާފައިވާއިރު، ދާދި ފަހުން އެ ރަށުން އުމުރުން 13 އަހަރުގެ ކުއްޖަކު ކޯޓުން ބޭރުން ކައިވެނި ކޮށްގެން ދަރިއަކަށް ބަލިވެއިން މައްސަލަ އެއް ވަނީ ފެންމަތިވެފައެވެ.

މީގެއިތުރުން ހަރުކަށި ފަތުރަމުންދާ މީހުންނާއި ދީނީ ގޮތުން ހައްދުފަަހަނަ އަޅާފައިވާ މީހުން ހޯދުމުގެ ގޮތުން އިތުރު 7 ރަށެއްގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގުމަށް ހަމަޖެހިފައިވާކަން ރާއްޖެއެމްވީއަށް ވަނީ ކަށަވަރު ވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫސިޓީގެ 3 ރަށެއްގެ އިތުރުން ގދ. އަތޮޅުގެ ދެރަށަކާއި އއ. އަތޮޅުގެ އެއްރަށާއި ޏ.ފުވައްމުލައް ހިމެނެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އިތުރު ރަށްތަކުގައިވެސް މި އޮޕަރޭޝަން ހިންގުމަށް ހަމަޖެހިފައިވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ހަރުކަށި ފިކުރަށް ތަބާވެ، ޖެހިގެން ހުރި މީހާގެ ފުރާނަ ނަގާލަން ފަސްނުޖެހޭ ވަރަށް އެފިކުރުގެ ތެރެއަށް 1400 އާ ގާތްކުރާ ޢަދަދެއްގެ ދިވެހިން އުޅޭކަމަށް ވިދާޅުވެފަ އެވެ. އަދި ޓެރަރިޒަމާއި، ވައިލެންޓް އެކްސްޓްރީމިޒަމާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށް ކަމާ ގުޅޭ ދައުލަތުގެ އިދާރާތަކުން ވަނީ ބުނެފައެވެ.

މީގެއިތުރުން އަންގާރަ ދުވަހުގެ ރޭ އިސްލާމިކް މިނިސްޓްރީން ވަނީ ހަރުކަށި ފިކުރު ފަތުރާތީ ތިން މީހަކަށް ދީފައިވާ ދަރުސް ދިނުމާއި ވައުޡު ބުނުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
19 ޑިސެންބަރ 2019 | ބުރާސްފަތި 06:36
ކެޔޮދަޅި
ކޮބާތަ ފަޅުރަށްތަކަށް ޒުވާނުން ގެންގޮސް، އެކަހެރި ކޮށްގެން ވަކިކަހަލަ ތަމްރީނުތަކެއްދޭ ފަގުޑިޝޭޚް. އޭނަ ހައްޔަރުކުރާކަށް ނުވޭތަ؟