Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 22:33
ހިތަދޫގައި ހިނގި އެކްސިޑެންޓް
ހިތަދޫގައި ހިނގި އެކްސިޑެންޓް
ޕޮލިސް
އެކްސިޑެންޓް
ހިތަދޫގަ ހިނގި އެކްސިޑެންޓެއްގައި 64 އަހަރުގެ ދުވަސްވީ މީހަކަށް އަނިޔާވެއްޖެ
64 އަހަރުގެ ފިރިހެނެއް ކަަމަށާއި އޭނާގެ ކަނާތު ފައި ބިންދައިގެން ގޮސް ނިތްކުރި މަޝައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނޭ
މި އެކްސިޑެންޓްގައި އަނެއް ސައިކަލް ދުއްވަން އިން 25 އަހަރުގެ މީހާއަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނޭ

އައްޑޫ ސިޓީ ހިތަދޫ ގާޒީ މަގުގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން 64 އަހަރުގެ މީހަކަށް އަނިޔާވެއެޖެ އެވެ.

ފުލުހުން ބުނީ ހިތަދޫގެ ގާޒީ މަގުން އުތުރަށް ދުއްވާފައި ދިޔަ ސައިކަލެއް އައިކޮޅަށް އަނބުރާލަން އުޅުމުގެ ތެރޭގައި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ވެގެން ބުދަ ދުވަހު ހަވީރު 16:08 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިއެކްސިޑެންޓުގައި އެއް ސައިކަލް ދުއްވަން އިނީ 64 އަހަރުގެ ފިރިހެނެއް ކަަމަށާއި އޭނާގެ ކަނާތު ފައި ބިންދައިގެން ގޮސް ނިތްކުރި މަޝައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިމީހާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

Advertisement

މި އެކްސިޑެންޓުގައި އަނެއް ސައިކަލު ދުއްވަން އިން 25 އަހަރުގެ މީހާއަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި އެމީހާ އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެއެވެ. މިއެކްސިޑެންޓުގައި ދެ ސައިކަލަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް