Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 22:36
ނޮވެމްބަރ މަހު މާލޭގައި ފުލުހުން ސްޓިކާ 5287 އުޅަނދެއްގައި ސްޓިކަރ ޖަހާފައިވޭ
ނޮވެމްބަރ މަހު މާލޭގައި ފުލުހުން ސްޓިކާ 5287 އުޅަނދެއްގައި ސްޓިކަރ ޖަހާފައިވޭ
ޕޮލިސް
ފަލަސުރުޚީ
ޖޫރިމަނާ ކުރަނީ ދައުލަތަށް ފައިސާ ހޯދުމަށް ކަމަށް ސޯޝަލްމީޑިއާގަ ދެކެވެމުންދާ ވާހަކަތަކަށް ފުލުހުން ރައްދު ދީފި
ނޮވެމްބަރ މަހު މާލޭގައި ފުލުހުން ސްޓިކާ 5287 އުޅަނދެއްގައި ސްޓިކަރ ޖަހާފައިވޭ
ޓްރެފިކް ފުލުހުން މަސައްކަތްކުރަމުންދަނީ މަގުމައްޗަކީ މިހުންނަށް ފަސޭހަތަނެއްގެ ގޮތުގައި ހެދުމަށްކަމަށް ވިދާޅުވި

ޓްރެފިކް ފުލުހުން ވަކި ވަގުތުތަކެއްގައި ނުކުމެ، ޖޫރިމަނާ ކުރަނީ ގަސްތުގައި ދައުލަތަށް ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކައަށް ފުލުހުން ރައްދު ދީފިއެވެ.

Advertisement

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް، މުހައްމަދު ނައީމް ވިދާޅުވީ ޓްރެފިކް ފުލުހުންނަކީ މަގުމަތި ތަރުތީބުކުރުމުގެ މެންޑޭޓު އޮތް ފަރާތްކަމަށެވެ. ނައީމް ވިދާޅުވީ އެކަން ޓްރެފިކް ފުލުހުން ނުކުރާނަމަ އެ މަސައްކަތް ކުރާނެ އިތުރުބައެއް ނުތިބޭނެ ކަމަށާއި ޓްރެފިކް ފުލުހުން މަސައްކަތްކުރަމުންދަނީ މަގުމައްޗަކީ މިހުންނަށް ފަސޭހަތަނެއްގެ ގޮތުގައި ހެދުމަށްކަމަށެވެ.

މިސާލަކަށް ބަލަމާ ފިހާރަތަށް ކުރިމަތި. އަޅުގަނޑުމެންނަށް ބޮޑަށް ފާހަގަކުރެވެނީ އޭޓީއެމް، މިސްކިތްތައް ކައިރީގައި ޕާކު ކުރާ ޕާކު ކުރުން. ނަމާދު ވަގުތުތަކުގައި އަޅުގަނޑުމެން ސްޓިކަރ އެއް ނުޖަހަން. އެހެން ނަމަވެސް ނަމާދު ވަގުތު ނޫން ވަގުތުތަކުގައި އެބަހުރި ހަމަ އެތާގައި އެބަ ބަހައްޓާ ދޮރުމަތީގައި. އަދި ނަމާދު ވަގުތުވެސް ބައެއް ފަހަރު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ދޮރުމަތީގައި ބަހައްޓާފައި ވަންނަތަން. ކީއްތޯ ވާނީ ދޮނުމަތި ނޫންތަނެއްގައި އެ ބެހެއްޓިއްޔާ؟ ދެން ވަންނަން ޖެހޭ ފަރާތްތަވެސް ދޮރުނޫންތޯ ވަންނަން ބޭނުން ކުރާނީ؟
ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް، މުހައްމަދު ނައީމް

ނައީމް ވިދާޅުވީ މި ފަދަ މައްސަލަތައް ފާހަގަކުރެވުމުން ހަރަކާތްތެރިވާން ފަށާނެ ކަމަށާއި އެންމެ ފަހުން މީހުންގެ ނަޒަރުގައި ގޯސްވާނީ ފުލުހުން ކަމަށެވެ. ނައީމް ވިދާޅުވީ ޤަވާއިދާއި ޚިލާފަށް ޢަމަލުތައް ބަހައްޓަމުންގެންދާ ފަރާތްތަކަށް މަގު ދައްކައިދިނުމަކީ އެބޭފުޅުންގެ ޒިންމާއެއް ކަމަށެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ނެރޭ ތަފާސް ހިސާބުތަކަށް ބަލާލާއިރު ހުސްވި ނޮވެންބަރ މަހު މާލޭގައި 5287 އުޅަނދެއްގައި ފުލުހުން ސްޓިކަރ ޖަހާފައިވެއެވެ. އަދި ނޮވެންބަރު މަހު ފުލުހުން ބަލާފައިވާ އުޅަނދުތަކުގެ ޖުމުލަ ޢަދަދަކީ 3533 ކެވެ. އޭގެކުރީ މަހު ފުލުހުން ބަލާފައިވަނީ 4784 އުޅަނދެކެވެ.

ޤަވާއިދާ ޚިލާފަށް ޕާކު ކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250 ރުފިޔާއިންނެވެ. އެކަން ތަކުރާރު ކޮށްފިނަމަ ދެވަނަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާކުރެއެވެ. އަދި ތިން ވަނަ ފަހަރު 750 ރުފިޔާއިން އިން ޖޫރިމަނާކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
24 ޑިސެންބަރ 2019 | އަންގާރަ 12:59
ރަތްޔިތު މީހާ
އޭޓީއެމް އަށް އަހަރެމެން ވަންނަނީ އެތާ ނިދާ ކައިބޮއި ހަދާކަށް ނޫން. އަޖައިބެއް ނުވާނެތަ އަޅެ. 5 މިނެޓް ލައިން ގަ ހުރެފަ 500 ރުފިޔާ ނަގައިގެން ނުކުމެ ސްޓިކާ އަށް ލާރި ދައްކަން.
19 ޑިސެންބަރ 2019 | ބުރާސްފަތި 20:52
އައްޔަ
ލަފާކުރާބަޖެޓުގަ ހުރިވަރު ހަމަކުރަން ޖެހޭނެ
19 ޑިސެންބަރ 2019 | ބުރާސްފަތި 01:57
އަތޮޅުމީހާ
ތިގޮތައް ޖޫރިމަނާ ނުކުރިޔަސް ތިކަމައް ހައްލެއްގެނެވިދާނެ ފުލުހުންނައް ބަލަންޖެހޭ ވަރައްވުރެވެސް ކުޑަކޮއް ބެލެވޭތީ ކަންތައްތައް ތަކުރާރުވަނީ ތިޔައީހަމަ ސަރުކާރައް ފައިސާހޯދަން ހިންގާބޮޑުޖަރީމާއެއް މިހާރުންމިހާރައް ތިގަވައިދުއުވާލާފަ ފުލުހުން ކޮންމެދުވަހަކު ނެރޭ ޓުރެފިކައް އޭރަކުން ނުކުންނާނެ މައްސަލައެއް ނޯންނާނެ ހަބަޑައްކައިގެން މީހުންގެ އަބިންކައިރިޔައް ދިޔުންނޫން ކަމެއްނުކުރޭ މި ފުލުހުން ފުރަތަމައިސްލާހު ކުރަންވީ މިމީހުން