Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 22:26
ޕޮލިސް އޮޕަރޭޝަންގެ ތެރެއިން
ޕޮލިސް އޮޕަރޭޝަންގެ ތެރެއިން
މަޑުއްވަރީއޮންލައިން.ކޮމް
އެންސީޓީސީ
ފުލުހުންގެ އޮޕަރޭޝަންއިން އެނގިގެންދަނީ ހަރުކަށި ފިކުރާއި ދެކޮޅަށް މި ސަރުކާރު މަސައްކަތް ކުރާ މިންވަރު: އެންސީޓީސީ
މިފަދަ އޮޕަރޭޝަނެއް ހިންގުމަށް އެ އިދާރާއިން ބޭނުންވާތާ އެތައް ދުވަހެއް ވެފައިވާކަމަށް ޓްވީޓުގައިވޭ

ފުލުހުންގެ އޮޕަރޭޝަނުން އެނގިގެންދަނީ ދީނީ ހަރުކަށި ފިކުރާއި ދެކޮޅަށް މި ސަރުކާރު މަސައްކަތް ކުރާ މިންވަރު ކަމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިން ބުނެފިއެވެ.

Advertisement

ދީނީ ހައްދު ފަހަނަ އަޅާފައިވާ މީހުން ހޯދުމަށް ފުލުހުންނާއި ޤައުމީ ދިފާޢީ ބާރާއި ގުޅިގެން ރ. މަޑުއްވަރީގައި ހިންގަމުންދާ އޮޕަރޭޝަނާއި ގުޅިގެން ބުދަ ދުވަހުގެރޭ އެ އިދާރާއިން ކުރި ޓްވީޓުގައި ވަނީ ކަމާބެހޭ އިދާރާތަކާއި ގުޅިގެން މިފަދަ އޮޕަރޭޝަނެއް ހިންގުމަށް އެ އިދާރާއިން ބޭނުންވާތާ އެތައް ދުވަހެއް ވެފައިވާކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ދާ މި އޮޕަރޭޝަނުން އެނގިގެންދަނީ ދީނީ ހަރުކަށި ފިކުރުގެ މައްސަލައަށް ޙައްލެއް ހޯދުމަށް މި ސަރުކާރުން ކުރާ މަސައްކަތް ކަމަށެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ، އެ ރަށުގައި ހަރުކަށި ފިކުރު ފަަތުރައި ދައުލަތުގެ ޢާންމު ނިޒާމާއި އިންތިޒާމުތަކުން ބޭރުން ވަކި ޖަމާޢަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިން ޙައްޤުތަކުން މަޙުރޫމުކޮށް އެ ފަރާތްތަކަށް ނާޖާއިޒު ފައިދާނަގައި، އަންހެނުންނާއި، ކުޑަކުދިން މުޖުތަމަޢާއި ވަކިކޮށް ވެކްސިން ނުދީ، ތަޢުލީމު ޙާޞިލުކުރުމުން މަޙުރޫމުކޮށް، އަންހެންނާއި ކުޑަކުދިން ފުރާނާ އަށް ނުރައްކާތެރި ޙާލަތްތަކަށް ހުށައެޅިފައިވާތީ އެކަން ކުުރުމުގައި އިސްވެ ޙަރަކާތްތެރިވާ ފަރާތްތައް ހޯދަން ބަލައި ފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް