Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 20:04
ޖަޕާން ސަރުކާރާއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
ޖަޕާން ސަރުކާރާއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ޖަޕާން
ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން އެހީވުމަށް ޖަޕާނުން ރާއްޖެއަށް އާލާތް ހަވާލުކުރުން މާދަމާ
ފަސް ސަތޭކަ މިލިއަން ޖަޕަނީސް ޔެން ފޯރުކޮށްދިނުމަށް ނިންމާފައިވޭ
ހިލޭ އެހީ ދެނީ އެއްބަސްވެވުނު "އެކްސްޗޭންޖް އޮފް ނޯޓްސް" ގެ ދަށުން
މި ރަސްމިއްޔާތު އޮންނާނީ ބުރާސްފަތި ދުވަހުގެ 10:30 ގައި

ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޖަޕާނުން ރާއްޖެއަށް އާލާތްތައް ޙަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ބުރާސްފަތި ދުވަހުގެ 10:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުރުން ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް އުވައިސް އާއި ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކެއިކޮ ޔަނާއީ ބައިވެރިވެވަޑައިގަންނަވާނެއެވެ.

Advertisement

ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ރާއްޖެއަށް އެހީ ފޯރުކޮށްދިނުމަށް ޖަޕާނުން ނިންމާފައިވަނީ ނަން-ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު މިއަހަރުގެ އޮކްޓޯބަރު މަހުގައި ސޮއި ކުރެވުނު "އެކްސްޗޭންޖް އޮފް ނޯޓްސް" ގެ ދަށުންނެވެ. އެގޮތުން ޖަޕާނު ސަރުކާރުން ، ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ފަސް ސަތޭކަ މިލިއަން ޖަޕަނީސް ޔެންގެ ހިލޭ އެހީ ދޭން ނިންމިއިރު، މި އެހީ ދޭން ނިންމާފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙިު ޖަޕާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް