Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 19:10
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު
މިނިސްޓްރީ އޮފް ޓޫރިޒަމް
ޓުއަރިޒަމް މިނިސްޓްރީ
އަންނަ އަހަރު ފަތުރުވެރިކަމާއި ބެހޭ 20 ގަވާއިދެއް މުރާޖާކޮށް، އިސްލާހު ކުރާނެ: އަލީ ވަހީދު
އިސްލާހު ގެންނަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވާ މައްސަލަތަކަށް ހައްލު ކުރުމަށް
އިސްލާހު ގެންނަނީ އިންވެސްޓަރުންނަށް ފަސޭހަވާނެ ގޮތްތައް މަގުފަހިކުރުމަށް
ރާއްޖޭގެ ރައްޔިތުންގެ އިހުސާސުތަކާއި އެއްގޮތަށް ގަވާއިދުތައް ބައްޓަން ކުރުން މުހިއްމުކަމަަށެް އަލީ ވަހީދު ވިދާޅުވި

އަންނަ އަހަރު ފަތުރުވެރިކަމާއި ބެހޭ 20 ޤަވާއިދެއް މުރާޖާޢާކޮށް، އިޞްލާޙު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

އަންގާރަ ދުވަހުގެ ރޭ ބޭއްވި ' ބުރަބި' ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ އަންނަ އަހަރު ކުރުމަށް ޢަމާޒު ކަނޑައަޅާފައިވާ ކަންތައްތައް ޙިއްސާކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ ޖުމުލަ 20 ޤވާއިދެއް މުރާޖަޢާކޮށް، އިޞްލާޙު ގެނެވޭނެ ކަމަށެވެ.

މުރާޖާކޮށް, އިސްލާހު ކުރާ ގަވާއިދުތައް:

  1. ޓުއަރިސްޓް ރިސޯޓުތައް ކުއްޔަށް ދީފައިވާ މުއްދަތުތައް އިތުރުކުރުމަށް ފީނެގުމުގެ ގަވާއިދު އިސްލާހު ކުރުން
  2. ޓުއަރިސްޓް ހޮޓަލާއި ޓުއަރިސްޓް ގެސްޓު ހައުސް ހެދުމަށް ކުއްޔަށް ދޭ ރަށްރަށާއި ބިމުގެ ކުލި ސަރުކާރަށް ދެއްކުމާއި ބެހޭ ގަވާއިދު އިސްލާހު ކުރުން
  3. ޓުއަރިސްޓް ރިސޯޓުތަކާއި ގުޅޭ ހައްގުތައް ބަދަލުކުރުމާއި ބެހޭ ގަވާއިދު މުރާޖާ ކުރުން
  4. ޓުއަރިސްޓް ރިސޯޓާއި ޓުއަރިސްޓް ހޮޓަލާއި ޓުއަރިސްޓް ޔޮޓު ބަނދަރު ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށް ރަށުގެ ފަޅުގެ ސަރައްހަދު ކަނޑައެޅުމާއި ބެހޭ ގަވާއިދު މުރާޖާ ކުރުން
  5. ޓުއަރިސްޓް ރިސޯޓާއި ޔޮޓު ބަނދަރު ހެދުން ފިޔަވާ ފަތުރުވެރިކަމާއި ބެހޭ މަސައްކަތް ކުރުމަށް ފަޅުރަށް ކުއްޔަށް ދޫކުރުމާއި ބެހޭ ގަވާއިދު މުރާޖާ ކުރުން
  6. ދިވެހި ރާއްޖޭގެ ޓުއަރިސްޓު އުޅަނދު ހިންގުމާއި ބެހޭ ގަވާއިދު އިސްލާހު ކުރުން
  7. ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓުއަރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރައްހަދުގައި ދުއްވާ ބަނދަރުކުރުމާއި ބެހޭ ގަވާއިދު އިސްލާހު ކުރުން
  8. ދިވެހި ރާއްޖޭގައި ޓުއަރިސްޓް ގެސްޓް ހައުސް ހިންގުމާއި ބެހޭ ގަވާއިދު އިސްލާހު ކުރުން
  9. ދިވެހި ރާއްޖޭގައި ޓުއަރިސްޓު ހޮޓާ ތަރައްގީކުރުމާއި ހިންގުމާއި ބެހޭ ގަވާއިދު އިސްލާހު ކުރުން
  10. ދިވެހި ރާއްޖޭގައި ޓުއަރިޒަމް އާއި ގުޅުން ހުރި ދަތުރު ރާވާ ހިންގުމުގެ ޚިދުމަތް ދިނުމާއި ބެހޭ ގަވާއިދު އިސްލާހު ކުރުން
  11. ޓުއަރ ގައިޑުންނާއި ބެހޭ ގަވާއިދު އިސްލާހު ކުރުން
  12. ދިވެހި ރާއްޖޭގައި ފީނުމާއި ފީނުމުގެ ޚިދުމަތް ދިނުމާއި ބެހޭ ގަވާއިދު އިސްލާހު ކުރުން
  13. ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީ ކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމަށް އަމަލުކުރާނެ ގޮތުގެ ގަވާއިދު މުރާޖާ ކުރުން
  14. މީހުން ދިރިއުޅޭ ރަށްރަށުގައި ޓުއަރިސްޓު ހޮޓަލާއި ޓުއަރިސްޓް ގެސްޓު ހައުސް ތަރައްގީ ކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނޑައެޅުމާއި ބެހޭ އުސޫލު ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއި އެއްގޮތަށް އިސްލާހު ގެނައުން
  15. އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޓުއަރިސްޓް ރިސޯޓު، ޓްރެއިނިންގް ރިސޯޓު، ޓްރާންސިޓް ހޮޓާ، ސިޓީ ހޮޓާ އަދި ޔޮޓު ބަނދަރުފަދަ ތަންތަނުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ބެހޭ ގަވާއިދު އިސްލާހު ކުރުން
  16. ފަތުރުވެރިންގެ ރަމްޒީ ކައިވެނި ހަފްލާ ބެހޭ ގަވާއިދު އިސްލާހުކުރުން
  17. ފަތުރުވެރިކަމުގެ ޚިދުމަތް ދޭ ތަންތާގައި ބަލަހައްޓަން ޖެހޭ ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގެ ގަވާއިދު އިސްލާހުކުރުން
  18. ރިސޯޓުތަކާއި ބެހޭ ގަވާއިދު އިސްލާހުކުރުން
  19. ދިވެހިރާއްޖޭގެ ޓުއަރިޒަމް އާއި ބެހޭ ތަފާސް ހިސާބުތައް ތައްޔާރުމަށް ބޭނުންވާ މައުލޫމާތު ހޯދުމާއި ބެހޭ ގަވާއިދު އިސްލާހު ކުރުން
  20. ސްޕާ އަދި ލަގްޒަރީ ވިލާ ހިންގުމާއި ބެހޭ ގަވާއިދު އިސްލާހު ކުރުން

މިނިސްޓަރ ވިދާޅުވީ މި ޤަވާއިދުތަކަށް އިޞްލާޙު ގެންނަނީ ފަތުރުވެރިކަމުގެ ސިނާޢަތަށް ދިމާވާ މައްސަލަތަކަށް ޙައްލު ކުރުމަށް ކަމަށާއި މި އިންޑަސްޓްރީއަށް އިންވެސްޓުކޮށްފައި ތިބި ފަރާތްތަކާއި އިންވެސްޓު ކުރާނޭ ފަރާތްތަކަށް ފަސޭހަވާނެ ގޮތްތައް މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އިހުސާސުތަކާއި އެއްގޮތަށް ޤަވާއިދުތައް ބައްޓަން ކުރުން މުހިއްމުކަމަަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް