Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 17:58
މާލެ ސިޓީގައި ބަޔަކު ވާރޭ ވެހެމުންދާއިރު މަގުތަކުގައި ހަރަކާތްތެރިވަނީ
މާލެ ސިޓީގައި ބަޔަކު ވާރޭ ވެހެމުންދާއިރު މަގުތަކުގައި ހަރަކާތްތެރިވަނީ
ޝުއައިބް މުހައްމަދު އިގްބާލް
މޫސުން
މޫސުމަށް ސަމާލުވޭ، ބ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ޔެލޯ އެލަރޓް ނެރެފި
ބުދަ ދުވަހުގެ ހަވީރު 1630 ން ފެށިގެން މިރޭ 1930 އާ ހަމައަށް ބ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ

މޫސުން ގޯސްވެ ބ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ޔެލޯ އެލަރޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ ބުދަ ދުވަހުގެ ހަވީރު 1630 ން ފެށިގެން މިރޭ 1930 އާ ހަމައަށް ބ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ.

Advertisement

މީގެއިތުރުން ނ އަތޮޅުން ފެށިގެން މ އަތޮޅަށް އަދި ގއ އަތޮޅުން ފެށިގެން ފުވައްމުލައް ސިޓީ އަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އެއީ މެންދުރު 1300 ން ފެށިގެން 1800 އާ ހަމައަށެވެ. މޫސުމާބެހޭ އިދާރާއިން ބުނީ އެ ޞަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

އެހެން ކަމުން ކަނޑުދަތުރު ފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށްވެސް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް