Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 19:27
ފަތުރުވެރިކަމުގެ ޚިދުމަތް ދޭތަންތައް ހުޅުވުމަށްޓަކައި ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ
ފަތުރުވެރިކަމުގެ ޚިދުމަތް ދޭތަންތައް ހުޅުވުމަށްޓަކައި ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ
ޓްވިޓަރ
ޓުއަރިޒަމް މިނިސްޓްރީ
ފޯނުން އެޕްލިކޭޝަން ހުށަހެޅޭ މިންވަރަށް، ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތައް ޑިޖިޓައިޒް ކުރަނީ
ރަށެއް ކަނޑައަޅާ ހިސާބުން އެ ރަށަކަށް ވެގެންދާނެ ގޮތް މޮނީޓަރ ކުރެވިގެންދާނެ
ފަތުރުވެރިކަމުގެ ޚިދުމަތް ދޭތަންތައް ހުޅުވުމަށްޓަކައި ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ
ފޯނުންވެސް އެޕްލިކޭޝަން ފޯރމު ހުށަހެޅޭނެ

މިނިސްޓްރީގެ މަސައްކަތްތައް ޑިޖިޓައިޒް ވެގެން ދިއުމުން ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ 'ފަލަ ސުރުޚީ' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސީނިއަރ ޕޮލިސީ ޑިރެކްޓަރ ރިފާތު ރަޝީދު ވިދާޅުވީ ރަށްތައް ދޫކުރުމުގައި އަދި ދޫކުރެވޭ ރަށްތައް ކަނޑައެޅުމަށްފަހު މޮނިޓަރ ކުރެވޭނެ އެއްވެސް ނިޒާމެއް މީގެކުރިން ޤާއިމު ކުރެވިފައި ނުވާ ކަމަށެވެ.

Advertisement

މިހާރު މިނިސްޓްރީގެ މަސައްކަތްތައް ޑިޖިޓައިޒް ކުރުމަށްޓަކައި ތަަރައްޤީކުރަމުން އަންނަ އޮޓޯމޭޝަން ޕްރޮޖެކްޓު ނިމުމުން ބަޔާކާއި ރަށެއް ޙަވާލު ކުރާ ހިސާބުން ނުވަތަ އެ ރަށެއް ކަނޑައަޅާ ހިސާބުން އެ ރަށަކަށް ވެގެންދާނެ ގޮތް ސިސްޓަމައިޒް ކޮށް، ޑިޖިޓައިޒްކޮށް، ޒަމާނީ ފެންވަރެއްގައި މޮނިޓަރ ކުރެވިގެންދާނެ ކަމަށެވެ.

ސީނިއަރ ޕޮލިސީ ޑިރެކްޓަރ ރިފާތު ރަޝީދު
ސޮއި ކުރެވޭ ދުވަހުން ފެށިގެން، ޑިވެލޮޕްމެންޓް ޕްލޭން ހުށަހަޅަންޖެހެނީ ކޮން ދުވަހެއްގައި ކަން. ޑިޖިޓަލްކޮށް، ކޮމިއުނިކޭޓް ކުރެވިގެންދާނެ. އަދި މިނިސްޓްރީގެ މުވައްޒަފަކު ހަނދާން ނެތިގެން އީމެއިލް ނުކުރެވި ހުރެގެން ނުވާނޭ. މިހުރިހާ ކަމެއް އޮޓޮމޭޓް ވެގެންދާނޭ.
ސީނިއަރ ޕޮލިސީ ޑިރެކްޓަރ ރިފާތު ރަޝީދު

އޭގެ އިތުރުން ރިފާތު ވިދާޅުވީ މިހާރު މިނިސްޓްރީގެ ފަރާތުން ދޭ އެކި އެކި ޚިދުމަތްތައް އޮންލައިން ވެގެން ދިއުމުން ގެސްޓް ހައުސް ފަދަ ފަތުރުވެރިކަމުގެ ޚިދުމަތް ދޭތަންތައް ހުޅުވުމަށްޓަކައި ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ. އެގޮތުން އެޕްލިކޭޝަން ފޯރމެއް ހުށަހަޅަން މިނިސްޓްރީއަށް އައުމުގެ ބަދަލުގައި ފޯނުންވެސް އެޕްލިކޭޝަން ފޯރމު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.

މިހާރު ގެސްޓް ހައުސް އެއް ހުޅުވަން އުޅޭ ފަރާތްތަކަށް އާކަމަކަށް ނުވާނެ ކަންނޭގެ ގާތްގަނޑަކަށް ތިން ހަތަރު މަސް މަޑުކުރުން އެޕްލިކޭޝަން ފޯރމެއް ލާފައި. މި އޮޓޮމޭޝަން ޕްރޮޖެކްޓް ނިމިގެންދާއިރު އިރާދަ ކުރެއްވިއްޔާ މެއި 1 ގައި މި ޕްރޮޖެކްޓް އަޅުގަނޑުމެން ނިންމާއިރުގައި މިނިސްޓްރީން މިދޭ ހުރިހާ ޚިދުމަތްތަކެއް އޮންލައިން ވެގެންދާނެ. ގެސްޓް ހައުސްއެއް ރަޖިސްޓަރ ކުރަން އުޅޭ ފަރާތަކުން ނުޖެހޭނޭ ކަމާކަން ފަށާ ދޯންޏެއްގައި ނޫނީ ލޯންޗެއްގައި ނޫނީ ފްލައިޓަކަށް އަރައިގެން މިނިސްޓްރީއަށް އަންނާކަށެއް. ރަށުގައި ހުންނަވައިގެން އެބޭފުޅެއްގެ އަމިއްލަ ސްމާޓް ފޯނުން ހަމަ މި ރަޖިސްޓްރޭޝަން، މި އެޕްލިކޭޝަން ފޯރމް ބޭނުންވާ ކޮންމެ މީހަކަށް ހުރިހާ ޑޮކިއުމެންޓްތަކެއް ހުށަހެޅޭނޭ.
ސީނިއަރ ޕޮލިސީ ޑިރެކްޓަރ ރިފާތު ރަޝީދު

ރިފާތު ވިދާޅުވީ މިނިސްޓްރީގެ މަސައްކަތްތައް ޑިޖިޓައިޒް ވެގެން ދިއުމުން ޢާއްމުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް