Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 17:56
މާލެ ސިޓީ ކައުންސިލަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކަށް ހާޒިކުރި ބައްދަލުވުމެއްގެ ތެރެއިން
މާލެ ސިޓީ ކައުންސިލަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކަށް ހާޒިކުރި ބައްދަލުވުމެއްގެ ތެރެއިން
މާލެ ސިޓީ ކައުންސިލް
ސިޓީ ކައުންސިލްތަކުގެ އަންހެން ކައުންސިލަރުން
ސިޓީތަކުގައި ހިމެނޭ އަންހެން ކައުންސިލަރުން: މާލެ ސިޓީގައި 6، އައްޑޫ ސިޓީގައި 4، އަދި ފުވައްމުލަކުގައި 2!
އަންހެން ކައުންސިލަރުންނަށް ހާއްސަކުރާ ގޮނޑިތައް ކަނޑައަޅާނީ ގުރުއަތުން

ރާއްޖޭގެ ތިން ސިޓީ ކަމަށްވާ މާލެ ސިޓީއާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ތިއްބަވާ އަންހެން ކައުންސިލަރުންގެ އަދަދުތަކާއި އަދި އަންހެން ކައުންސިލަރުން ކަނޑައެޅުމުގައި އަމަލު ކުރާނެ ގޮތަކާމެދު މަޝްވަރާ ކުރައްވައިފި އެވެ.

ލޯކަލް ކައުންސިލްގެ އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ، އެކޮމިޝަނުގައި މިހާރު މަޝްވަރާ ކުރެވިފައިވަނީ، މާލެ ސިޓީއަށް 6 އަންހެން ކައުންސިލަރުން އިންތިޚާބު ކުރުމަށެވެ. އެގޮތުން އަންހެނުންނަށް އެގޮނޑިތައް ޚާއްޞަ ކުރުމުގައި އަމަލު ކުރާނީ، ކައުންސިލަރުން އިންތިޚާބުކުރާ 18 ގޮނޑީގެ ތެރެއިން، ތަރުތީބުން ކޮންމެ ތިން ދައިރާއެއްގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ގޮނޑި އަންހެން ކައުންސިލަރަށް ޚާއްޞަކުރާ ގޮތަށް ކަމަށެވެ.

އައްޑޫ ސިޓީގައި އަންހެނުންނަށް 4 ގޮނޑި ޚާއްޞަކުރެވޭއިރު، ހިތަދޫ ފަސް ގޮނޑީގެ ތެރެއިން ގުރުއަތުން ހިވޭ އެއް ގޮނޑިއާއި، މަރަދޫ އާއި މަރަދޫ ފޭދޫގެ ދެ ގޮނޑީގެ ތެެރެއިން ގުރުއަތުން ހޮވޭ އެއް ގޮނޑިއާއި، ފޭދޫގެ ދެ ގޮނޑީގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ގޮނޑީގެ އިތުރުން، ހުޅޫދުއާއި މީދުއާއި ހުޅުމީދޫގެ ތިން ގޮނޑީގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ގޮނޑި އަންހެނުންނަށް ޚާއްޞަކުރުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގެ 6 ކައުންސިލަރުންގެ ތެރެއިން ތަރުތީބުން ކޮންމެ ތިން ގޮނޑީގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ގޮނޑި ޚާއްޞަ ކުރާނީ އަންހެނުންނަށް ކަމަށް އަކްރަމް ވިދާޅުވި އެވެ.

Advertisement

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަކީ ހުރިހާ ގޮތަކުންވެސް ތަފާތު، އިންތިޚާބަކަށް ވެގެންދާނެ އެވެ. އަދި އެއީ ސަރުކާރާއި ސަރުކާރު ހިންގާ އެމްޑީޕީން ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙާ އެއްގޮތަށް ބޭއްވޭ ފުރަތަމަ އިންތިޚާބެވެ.

އަލަން އިންތިޚާބު ކުރެވޭ ކައުންސިލުތަކުގެ އުމުރުވެސް ވަނީ ތިން އަހަރުން ފަސް އަހަރަށް އިތުރު ކޮށްފަ އެވެ. އަދި ކައުންސިލް އިންތިޚާބުގައި ތަފާތު ވޯޓު ކަރުދާސްކޮޅުތަކެއް ވޯޓުލާންދާ ފަރާތްތަކަށް ދޫކުރެވޭނެ އެވެ.

އެގޮތުން ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ވޯޓު ކަރުދާސްކޮޅެއް ވޯޓްލާންދާ ފަރާތްތަކަށް ދޫކުރެވޭއިރު، ކައުންސިލް މެންބަރުންނަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ވޯޓު ކަރުދާސްކޮޅެއް ފޯރުކޮށްދެވޭނެ އެވެ. އަދި އަންހެން ކައުންސިލަރުންގެ ގޮތުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ވޯޓު ކަރުދާސްކޮޅެއް ފޯރުކޮށްދެވޭއިރު، އަތޮޅު ކައުންސިލަރުގެ ރައީސް ކަމަށް ވަދާކުރައްވާ ކެންޑިޑޭޓުންގެ ވޯޓު ކަރުދާސްކޮޅެއް ވެސް ފޯރުކޮށްދެވޭނެ އެވެ. އަދި މީގެއިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންގެ ގޮތުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ވޯޓު ކަރުދާސްކޮޅެއް ވެސް ފޯރު ކޮށްދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
18 ޑިސެންބަރ 2019 | ބުދަ 18:54
އަލް ޖަމީލް އޯކޭ ޖަމިއްޓޭ އޯކޭ
ކައުންސިލް މެންބަރަކަށްވުރެ ދަށުން ވޯޓު ލިބިގިގެން ކައުންސިލްގެ ރައީސް ކަމަށް އަތުވެދާނެތާއެވެ. ކައުންސިލް ރައީސް ލިސްޓުގައި ދެވަނައަށްދާ މީހާ ކައުންސިލް މެންބަރުންނަށްވުރެ މަތިން ވޯޓު ލިބިފައޮތަސް ދާންޖެހޭނީ ހަމަ ގެއަށްތޯއެވެ.؟ އަންހެން ކައުންސިލަރާއި ފިރިހެން ކައުންސިލަރުންގެ ތެރެއިން އެންމެ ދަށުން ލިބޭމީއާއާއި 90 ގުނަ ތަފާތުން އަންހެން ކައުންސިލަރު ދަށުގައި އޮތަސް ހޮވޭނީ އަންހެން ކައުންސިލަރު އެހެންނޫންތޯ