Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 16:25
ރ. މަޑުއްވަރީގައި ހިންގާ އޮޕަރޭޝަންގެ ތެރެއިން
ރ. މަޑުއްވަރީގައި ހިންގާ އޮޕަރޭޝަންގެ ތެރެއިން
މަޑުއްވަރީއޮންލައިން.ކޮމް
ޓެރަރިޒަމް
ހަރުކަށި ފިކުރު ފަތުރަމުންދާ މީހުން ހޯދުމަށް އިތުރު 7 ރަށެއްގައި ހާއްސަ އޮޕަރޭޝަން ހިންގަނީ!
ގދ. އަތޮޅުގެ 2 ރަށެއް ހިމެނޭ
އައްޑޫސިޓީގެ 3 ރަށެއް ހިމެނޭ
ޏ. ފުވައްމުލަކުގެ އިތުރުން އއ.ހިމަންދޫ ވެސް ހިމެނޭ

ހަރުކަށި ފަތުރަމުންދާ މީހުންނާއި ދީނީ ގޮތުން ހައްދުފަަހަނަ އަޅާފައިވާ މީހުން ހޯދުމުގެ ގޮތުން އިތުރު 7 ރަށެއްގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގުމަށް ހަމަޖެހިފައިވާކަން ރާއްޖެއެމްވީއަށް ކަށަވަރުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ހަރުކަށި ފިކުރަށް ތަބާވެ، ޖެހިގެން ހުރި މީހާގެ ފުރާނަ ނަގާލަން ފަސްނުޖެހޭ ވަރަށް އެފިކުރުގެ ތެރެއަށް 1400 އާ ގާތްކުރާ ޢަދަދެއްގެ ދިވެހިން އުޅޭކަމަށް ވިދާޅުވެ ޓެރަރިޒަމާއި، ވައިލެންޓް އެކްސްޓްރީމިޒަމާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށާއި އެކަމަށް ފަސްނުޖެހޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް މީގެކުރިން ވިދާޅުވެފައިވާއިރު ބުދަ ދުވަހު ފުލުހުންނާއި ސިފައިންގެ ހާއްސަ އޮޕަރޭޝަނެއް ރ މަޑުއްވަރީގައި ހިންގައި މިހާތަނަށް ވަނީ އެކަކު ހައްޔަރުކޮށްފައެވެ.

Advertisement

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސަރުކާރުގެ ކަމާގުޅުން ހުރި މުއައްސަސާތަކާއި ގުޅިގެން މިކުރާ މަސައްކަތުގައި އެއްވެސް ފަސްޖެހުމެއް ނެތި ސަރުކާރުގެ ސްޓޭންޑާއި އެއްގޮތަށް ރައްޔިތުންނަށް ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް އިތުރު 7 ރަށެއްގައި ހައްދުފަހަނާޅާފައިވާ މީހުން ހޯދުމަށް ހާއްސަ އޮޕަރޭޝަންތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫސިޓީގެ 3 ރަށެއްގެ އިތުރުން ގދ. އަތޮޅުގެ ދެރަށަކާއި އއ. އަތޮޅުގެ އެއްރަށާއި ޏ.ފުވައްމުލައް ހިމެނެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އިތުރު ރަށްތަކުގައިވެސް މި އޮޕަރޭޝަން ހިންގުމަށް ހަމަޖެހިފައިވެއެވެ.

ފުލުހުން ރ. މަޑުއްވަރީގައި އޮޕަރޭޝަން ހިންގުމާއި ގުޅިގެން ނެރުނު ބަޔާނުގައި ވަނީ އޮޕަރޭޝަނަކީ، އެ ރަށުގައި ހަރުކަށި ފިކުރު ފަަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުން މަހްރޫމްކޮށް އެ ފަރާތްތަކަށް ނާޒާއިޒް ފައިދާނަގައި އަންހެނުންނާއި ކުޑަކުދިން މުޖުތަމައު އާއި ވަކިކޮށް ވެކްސިންނުދީ، ތައުލީމް ހާސިލްކުރުމުން މަހްރޫމްކޮށް އަންހެންނާއި ފުރާނާ އަށް ނުރައްކާތެރި ހާލަތްތަކަށް ހުށައެޅިފައިވާތީ އެކަން ކުުރުމުގައި އިސްވެ ހަރަކާތްތެރިވާ ފަރާތްތައް ހޯދަން ބަލައި ފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

ފުލުހުން މީގެކުރިން ބުނެފައިވަނީ ހަރުކަށި ފިކުރުތަކަށް ތާއިދުކޮށް އެފަދަ އަމަލުތައް ފަތުރަން މަސައްކަތްކުރާ ފަރާތްތަކުން ގަބޫލުކުރާ ކުރުމެއްގެ މައްޗަށް ބިނާކޮށް ހައްގަކާއި ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ޓެރަރިޒަމާއި ހައްދުފަހަނައަަޅާފައިވާ އަމަލުތައް ހިންގާ ޖަމާއަތްތަކަށް ތާއިދުކޮށް އެކަން ދިފާއުކޮށް ފަތުރަން މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ފުލުހުންނާއި ސިފައިން ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
19 ޑިސެންބަރ 2019 | ބުރާސްފަތި 18:00
މާމިގިލި މީހާ
މާމިގިލިވެސް އިތުރުކޮށްލާ. ޒުވާންކުދިންގެ ބޯކަމުން, އެމީހުން ނޫން އެހެންމީހުން ކާފަރުކުރަމުން އެދުވަނީ މުޅި ރަށް ފަސާދަކުރަން.
19 ޑިސެންބަރ 2019 | ބުރާސްފަތި 06:37
ފީއަލި
ފީއަލީގައިވެސް އުޅޭނެ. ޓެރެރިސްޓެއްގެ ގޮތުގައި މީހަކު ސަސްޕެންޑް ވެސް ކުރި. ޢެކަމް ދެން ނެތީތަ. ކެރުނީ އެކަކަށް ގޮތެއް ހަދަން. އެމްޑީޕީ ފިކުރުގެ މީހުންވީމަ ފިޔަވަޅެއް އަޅަން ނުކެރުނު.
18 ޑިސެންބަރ 2019 | ބުދަ 21:00
ސޭ
ނައި ފަރުވެސް ޕްލީސް