Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 15:20
ފުލުހުންގެ އޮފިސަރުންތަކެއް މަޑުއްވަރީ ގައި ހަަރަކާތްތެރިވަނީ
ފުލުހުންގެ އޮފިސަރުންތަކެއް މަޑުއްވަރީ ގައި ހަަރަކާތްތެރިވަނީ
ޕޮލިސް
ރ.މަޑުއްވަރި
ފުލުހުންގެ އޮޕަރޭޝަން: މަޑުއްވަރީން 30 އަހަރުގެ މީހަކު ހައްޔަރުކޮށްކޮށްފި
ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ މީހެއް
އެރަށުގައި ހައްދު ފަހަނަ އަޅާފައި ތިބޭ މީހުން ގިނަ ކަމަށް މައުލޫމާތު ލިބޭ

ދީނީ ހައްދު ފަހަނަ އަޅާފައިވާ މީހުން ހޯދުމަށް ފުލުހުންނާއި ޤައުމީ ދިފާޢީ ބާރާއި ގުޅިގެން ރ. މަޑުއްވަރީގައި ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ މީހެކެވެ.

އޮޕަރޭޝަނުގެ މަޢުލޫމާތު ހާމަކުރަމުން ފުލުހުން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ އެ އޮޕަރޭޝަނަކީ، އެ ރަށުގައި ހަރުކަށި ފިކުރު ފަަތުރައި ދައުލަތުގެ ޢާންމު ނިޒާމާއި އިންތިޒާމުތަކުން ބޭރުން ވަކި ޖަމާޢަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިން ޙައްޤުތަކުން މަޙުރޫމުކޮށް އެ ފަރާތްތަކަށް ނާޖާއިޒު ފައިދާނަގައި، އަންހެނުންނާއި، ކުޑަކުދިން މުޖުތަމަޢާއި ވަކިކޮށް ވެކްސިން ނުދީ، ތަޢުލީމު ޙާޞިލުކުރުމުން މަޙުރޫމުކޮށް، އަންހެންނާއި ކުޑަކުދިން ފުރާނާ އަށް ނުރައްކާތެރި ޙާލަތްތަކަށް ހުށައެޅިފައިވާތީ އެކަން ކުުރުމުގައި އިސްވެ ޙަރަކާތްތެރިވާ ފަރާތްތައް ހޯދަން ބަލައި ފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

Advertisement

ފުލުހުން ބުނީ، މަޑުއްވަރީގައި ޙަރަކާތްތެރިވާ ހަރުކަށި ފިކުރުތަކަށް ތާޢީދުކޮށް އެފަދަ އަމަލުތައް ފަތުރަން މަސައްކަތްކުރާ ފަރާތްތަކުން ޤަބޫލުކުރާ ކުރުމެއްގެ މައްޗަށް ބިނާކޮށް ޙައްޤަކާއި ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ޓެރަރިޒަމާއި ހައްދުފަހަނައަަޅާފައިވާ ޢަމަލުތައް ހިންގާ ޖަމާޢަތްތަކަށް ތާޢީދުކޮށް އެކަން ދިފާޢުކޮށް، އެފަދަ ކަންކަން ފަތުރަން މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ފުލުހުންނާއި ސިފައިން ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

މަޑުއްވަރީ ގައި ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް ހިންގަން ފަށާފައިވާއިރު، ދާދި ފަހުން އެ ރަށުން އުމުރުން 13 އަހަރުގެ ކުއްޖަކު ކޯޓުން ބޭރުން ކައިވެނި ކޮށްގެން ދަރިއަކަށް ބަލިވެއިން މައްސަލަ އެއް ވަނީ ފެންމަތިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް