Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 14:10
ކުރީގެ ރައީސް ޔާމީނަށް ހުކުމް އިއްވުނު ވަގުތު، ކޯޓު ރޫމްތެރެ
ކުރީގެ ރައީސް ޔާމީނަށް ހުކުމް އިއްވުނު ވަގުތު، ކޯޓު ރޫމްތެރެ
ރާއްޖެ އެމްވީ
ރައީސް ޔާމީން
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ބަލައިގެންފި
ހުކުމް ތަންފީޒު ކުރުން ފަސްކުރަށް އެދިފައިވޭ
ކަފާލާތުގެ ދަށުން މިނިވަން ކުރަން ވެސް އެދިފައިވޭ
އިސްތިއުނާފް މައްސަލަ ބަލައިގަތީ އަންގާރަ ދުވަހު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަނީ ލޯންޑަރިންގ އިސްތިއުނާފް މައްސަލަ ހައިކޯޓުން ބަލައިގެންފި އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް، އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާކަން ޕީޕީއެމުން ހާމަކޮށްފައިވަނީ ނޮވެމްބަރު މަހުގެ 30 ވީ ހޮނިހިރު ދުވަހު އެވެ.

ހައިކޯޓުން "ރާއްޖެއެމްވީ" އަށް މައުލޫމާތުދެއްވަމުން މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް ޔާމީންގެ އިސްއިއުނާފް މައްސަލަ އެކޯޓުން އަންގާރަ ދުވަހު ބަލައިގަނެފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާ އެމައްސަލާގައި، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދިފައިވާ ކަމަށާއި އަދި ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމަށް އެދިފައިވާ ކަމަށްވެސް ޕީޕީއެމުން ބުނެފައި ވެއެވެ.

ހައިކޯޓުން އެމައްސަލަ ބަލައިގަނެފައި ވީނަމަވެސް އެމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އެންމެ އަވަހަށްވެސް ބެއްވޭނީ އަންނަ ޖެނުއަރީ މަހުކަމަށްވެއެވެ. އެއީ، މިވަގުތު ހައިކޯޓު ވެސް އޮތީ ރިސެސްގަ ކަމަށްވާތީ އެވެ.

Advertisement

ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެ ކޯޓުގެ އިސްފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި ޝުޖާޢު އުސްމާނުގެ މައްސަލަތަކެއް ޖުޑީޝަލް ސަރިވސް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު ޢުސްމާން ވަނީ، މަނީލޯންޑްރިންގެ މައްސަލައިގެ ދަށު ކޯޓު މަރުހަލާގައި ރައީސް ޔާމިން ބަންދުކޮށްފައިވަނިކޮށް، ވަގުތުން ދޫކޮށްލަން އަމުރުކޮށްފައެވެ.

ރައީސް ޔާމީން ބަންދުން ދޫކޮށްލުމަށް ހައިކޯޓުން އޭރު އަމުރު ކޮށްފައިވަނީ އެ މައްސަލަ ހައިކޯޓުގައި ބަލަމުން ދިޔަ ބެންޗު ބަދަލުކޮށް، އަމިއްލަފުޅަށް ބެންޗުގައި ހިމެނިވަޑައިގެންނެވެ. މީގެއިތުރުންވެސް ފަނޑިޔާރު ޝުޖާއު އުސްމާނު ރިޔާސަތުގައި އިންނަވައިގެންވަނީ، މަނީ ލޯންޑްރިންގެ ތުހުމަތުގައި ފްރީޒްކުރި ރައީސް ޔާމީންގެ ބޭންކު އެކައުންޓްތައް ދޫކޮށްލުމަށްވެސް ކުރިން އަމަރު ކޮށްފައެވެ.

ޝުޖާއު އުސްމާނަކީ، ރައީސް ޔާމީނުގެ ރިޔާސީ ކެމްޕެއިނާއި އަދި ޕީޕީއެމްގެ ބައެއް ހަރަކާތްތަކުގައި އުޅުއްވާކަމުގެ ތުހުމަތު ކުރެވޭ، އަދި ރައީސް ޔާމީނަށް "ވަފާތެރި" ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެއްކަމަށް މީގެކުރިން އަޑު ފެތުރިފައިވާ ފަރާތެކެވެ.

ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، 5 އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމްކުރީ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ދައުލަތަށް ދައްކަންޖެހޭ 5 މިލިއަން ޑޮލަރު 6 މަސް ދުވަހުގެ ތެރޭގައި އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވެސް ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މި މިހުކުމުގައި ބުނެފައި ވެއެވެ.

ރައީސް ޔާމީނުގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ ދައުލަތުގެ ހުށަހެޅި ހެކިތަކާއި، ހެކިވެރިން ހެކިބަހުން ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެފައިވާކަމަށެވެ. މައްސަލަ ބަލާ ފަސް ގާޒީން ދިރާސާކޮށް ބަހުސްކޮށް 5 ގާޒީންނަށް އިއްތިފާގުވެވިފައިވަނީ 8 ކަމަކަށް ރިއާޔަތްކޮށް ކުށް ސާބިތުވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް