Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 13:15
ސައިރިކްސް ކޮލެޖުން އަންނަ އަހަރު ފަށާ ކޯސްތަކާއި ގުޅޭ މައުލޫމާތު ދެނީ
ސައިރިކްސް ކޮލެޖުން އަންނަ އަހަރު ފަށާ ކޯސްތަކާއި ގުޅޭ މައުލޫމާތު ދެނީ
ސައިރިކްސް ކޮލެޖް
ސައިރިކްސް ކޮލެޖުން އަންނަ އަހަރު ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ސެޓްފިކެޓް ލެވެލް ޕްރޮގްރާމްތަކުން ފެށިގެން މާސްޓަރސް ޕްރޮގްރާމްތައް ފެށުމަށް ވަނީ ހަމަޖެހިފައި
ކޯސްތަކާއި ގުޅޭ އިތުރު މައުލޫމާތު ސައިރިކްސް ކޮލެޖްގެ ވެބްސައިޓުން ލިބޭނެ

ސައިރިކްސް ކޮލެޖުން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޯސްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ކޮލެޖްގެ ވައިސް ރެކްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ސެޓްފިކެޓް 3 އިން ފެށިގެން މާސްޓާރސް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ބުދަ ދުވަހުން ފެށިގެން ހުޅުވާލެފިފައިވާ ކަމަށެވެ.

ސައިރިކްސް ކޮލެޖުން މިހާރު ހިންގާ ޕްރޮގްރާމްތަކުގެ އިތުރުން އަންނަ އަހަރު އެކޮލެޖުން އިތުރު ޕްރޮގްރާމްތަކެއްވެސް ހިންގުމަށް ހަމަޖެހިފައިވެއެވެ. އެ ޕޮރޮގްރާމްތަކުގެ ތެރޭގައި ސިވިލް ސާރވިސްގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށް މާސްޓަރސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ކޯސްތަކެއް ވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ މާލެކައިރި ރަށްތަކުގައި ދިރިއުޅޭ މީހުންނަށްވެސް މާލެ އައިސް ކިޔެވޭނެ ގޮތަށް ހަފްތާގެ ހޮނިހިރު ދުވަހުގައި ކަމަށެވެ.

Advertisement

އޭގެ އިތުރުން މެލޭޝިއާގެ ހެލްތް ޔުނިވަރސިޓީއާއި ގުޅިގެން ފެބްރުއަރީ މަހު މާސްޓަރސް އިން އައިޓީ އެންޑް މާސްޓަރސް އިން ބިޒްނަސް އިންޓަނޭޝަނަލް ޕްރޮގްރެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ ސަބަބުން ފަހިވެގެންދާނެ ރާއްޖޭގައި ތިބެގެން އިންޓަނޭޝަނަލް ޕްރޮގްރާމެއްގައި ދަރިވަރުންނަށް ކިޔެވޭނެ ފުރުސަތު ފަހިވެގެންދާނެއެވެ.

ސައިރިކްސް ކޮލެޖުން ހިންގާ ކޯސްތަކަކީ މޯލްޑިވިއަން ކޮލިފިކޭޝަން އޮތޯރިޓީގެ ރިކުއަރމަންޓްސްތަކަށް ފެތޭ ގޮތަށް ފަރުމާ ކުރެވިފައިވާ ކޯސްތަކެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކޯސް ފީ އެއްފަހަރާއި ދެއްކުމުގެ ބަދަލުގައި މަހުން މަހަށް ބަހާލައިގެން ދެއްކޭނެ ކަމަށް ސައިރިކްސް ކޮލެޖުން މައުލޫމާތު ދެއެވެ. މި ކޯސްތަކާއި ގުޅޭ އިތުރު މައުލޫމާތު ސައިރިކްސް ކޮލެޖްގެ ވެބް ސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކޮލެޖުން މައުލޫމާތު ދެއެވެ.

ސައިރިކްސް ކޮލެޖަކީ ރާއްޖޭގައި އެންމެ ދުވަސްވީ ކޮލެޖަށް ވުމުގެ އިތުރުން، ކިޔަވައިދިނުމުގެ ދާއިރާއިން އެތައް ކާމިޔާބީތަކަކާއި އެތައް އެވޯޑްތަކެއް ހޯދާފައިވާ އިރުބާރު ހިފޭ ކޮލެޖެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް