Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 12:40
ބްރޯޑްކާސްޓަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ބްރޯޑްކާސްޓަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ޓްވިޓަރ
ބްރޯޑްކޮމް
ބްރޯޑްކާސްޓަރުންނާއެކު އޮންނަ ގުޅުން ބަދަހި ކުރުމަށް ކޮމިޝަނުން ބައްދަލުކޮށްފި
ކޮމިޝަން އުފެދުނީއްސުރެ މިހާތަނަށް ޖުމްލަ 48 ފަރާތަކަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވޭ
މީގެ ތެރޭގައި ހިމެނެނީ 13 ރޭޑިއޯ ޗެނަލާއި 35 ޓީވީ ޗެނަލް
ކޮމިޝަނުން ބްރޯޑްކާސްޓަރުންނާ އޮންނަ ގުޅުން އިތުރުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވި

ބްރޯޑްކާސްޓަރުންނާއި ކޮމިޝަނާ މެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހި ކުރުމުގެ މަޤްޞަދުގައި އެ ކޮމިޝަނުން އިންތިޒާމުކޮށްގެން ހަވީރެއް ބާއްވައިފިއެވެ.

އަންގާރަ ދުވަހުގެ ހަވީރު، މާގިރި ހޮޓެލްގައި ހަވީރުގެ ސަޔާއެކު، ބޭއްވި މި ހަވީރުގައި ރާއްޖޭގައި ޚިދުމަތްދޭ ގިނަ ބްރޯޑްކާސްޓަރުން ބައިވެރިވިއެވެ.

Advertisement

މި ބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރުން ދެއްކެވި ވާހަކަފުޅުގައި، ބްރޯޑްކާސްޓްރުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަކީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ކޮމިޝަނުން ބްރޯޑްކާސްޓަރުންނާ އޮންނަ ގުޅުން އިތުރުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި، ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް ބްރޯޑްކާސްޓަރުންނާ ކޮމިޝަން ގުޅިގެން ކުރަންޖެހޭ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށާއި ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަތުމަށް މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖައްސަވާފައިވާ ކަމަށްވެސް ކޮމިޝަންގެ މެމްބަރުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމިޝަން އުފެދުނީއްސުރެ މިހާތަނަށް ޖުމްލަ 48 ފަރާތަކަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ކޮމިޝަނުން ދޫކޮށްފައިވެއެވެ. މީގެތެރޭގައި ހިމެނެނީ 13 ރޭޑިއޯ ޗެނަލާއި 35 ޓީވީ ޗެނަލެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް